logoEN
WAMCO TOP 1
ފީއަލީގައި 500 މީހުންގެ ޖާގައިގެ އައު މިސްކިތެއް އިމާރާތްކުރުމަށް ކޮންޓްރެކްޓަރާއި ހަވާލުކޮށްފި

ފީއަލީގައި 500 މީހުންގެ ޖާގައިގެ އައު މިސްކިތެއް އިމާރާތްކުރުމަށް ކޮންޓްރެކްޓަރާއި ހަވާލުކޮށްފި

އަހުމަދު ޝުރާއު

logo

9/20/2025, 2:02:50 PM

# ފ ފީއަލީ

-

ފ. ފީއަލީގައި އާ މިސްކިތެއް ބިނާ ކުރުމަށް އަފާމީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފިއެވެ.

THE TRAVELLER AD

މި މަޝްރޫއު ކޮންޓްރެކްޓަރާއި ހަވާލުކޮށްފައިވަނީ މިހާރު ރައީސް ޑރ މުހައްމަދު މުއިއްޒު ފ އަތޮޅަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދު އެރަށަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި އެވެ.

މިކަމުގެ އެއްބަސްވުމުގައި މިއަދު އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއާއި އެ ކުންފުންޏާއި ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފައިވާއިރު ވުޒާރާގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުއެވެ. އަދި އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަމީން މުޙައްމަދުއެވެ.

ފ. ފީއަލީގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވަނީ 500 މީހުންގެ ޖާގައިގެ މިސްކިތެކެވެ.

މި މިސްކިތް ނިމޭއިރު މިސްކިތުގައި ސޯލާ ހަރުކުރެވި، އޭސީ ކުރުމަށް ހަމަޖެހިފައިވާއިރު މިސްކިތުގައި ލައިބްރަރީއަކާއި ކުލާސްރޫމެއް ހިމެނޭނެއެވެ.

ކޮމެންޓް
ފަހުގެ
HDC