
ގަމު "ޕަރީ ފެންގަނޑު"ބެލުމަށް ތަރައްޤީކުރި ހާއްސަ ޕްލެޓްފޯމް އާއްމުންނަށް ހުޅުވާލައިފި
# ބޮޑަ ފެންގަނޑަ# ޕަރީ ފެންގަނޑު# ލ. ގަންލާމު ޕަރީ ފެންގަނޑު ބެލުމަށް ތަރައްގީ ކުރި ޕްލެޓްފޯމް-- ފޮޓޯ: ލާމު އެމްވީ
ލ. ގަމުގައި އޮންނަ ތާރީހީ އަދި ގުދުރަތީ ރީތިކަން ލިބިފައިވާ ”ބޮޑަ ފެންގަނޑަ“ ނުވަތަ ޕަރީ ފެންގަނޑު ބަލާލުމަށް ހެދި ޚާއްސަ ޕްލެޓްފޯމް ރަސްމީކޮށް އާންމުންނަށް ހުޅުވާލައިފިއެވެ.

މި ޕްލެޓްފޯމް ހުޅުވުމަށް މިއަދު ވަނީ އެސަރަހައްދުގައި ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި މަޝްރޫއަކީ އެންދެރި ޕްރޮޖެކްޓުގެ އެހީތެރިކަމާއެކު ހެރިޓޭޖް ސޮސައިޓީން އިސްނަގައިގެން ކުރިއަށް ގެންދިޔަ މަސައްކަތެކެވެ.
ޖުމްލަ 450,000 (ހަތަރުލައްކަ ފަންސާސް ހާސް) ރުފިޔާގެ ބަޖެޓަކުން ކުރިއަށް ގެންދިޔަ މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 2025 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ. މި ޕްލެޓްފޯމްގެ ސަބަބުން ބޮޑު ފެންގަނޑުގެ ރީތި މަންޒަރުތައް ރައްކާތެރިކަމާއެކު ބަލާލުމުގެ ފުރުސަތު އާންމުންނަށް ލިބިގެންދާނެއެވެ.
މި މަޝްރޫއުގެ ދަށުން އިތުރު ހަރަކާތްތަކަށް ފުރުސަތު ދިނުމުގެ ގޮތުން، މިއަދުގެ ނިޔަލަށް އާންމުންނަށް ބޭނުންކުރެވޭނެ ގޮތަށް 2 ކެނޯ ވެސް އެ ސަރަހައްދުގައި ވަނީ ބާއްވާފައެވެ. މިއީ އެ ސަރަހައްދަށް ޒިޔާރަތްކުރާ ފަރާތްތަކަށް ފެންގަނޑުގެ ތެރޭގައި ދުއްވާލާ، ތަފާތު ތަޖުރިބާއެއް ކޮށްލުމަށް ހުޅުވާލެވުނު ފުރުސަތެކެވެ.
ބޮޑު ފެންގަނޑަކީ ލ. ގަމުގެ މުހިންމު ތާރީޚީ ބިނާތަކާއި ގުދުރަތީ ވަސީލަތްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ތަނަކަށްވާއިރު، މިފަދަ ޕްލެޓްފޯމެއް ގާއިމުކުރުމުގެ މައިގަނޑު މަގުސަދަކީ އެ ސަރަހައްދު އިތުރަށް ތަރައްގީކޮށް، ފަތުރުވެރިންނާއި އާންމުން ޝައުގުވެރިވާ ފަދަ މަންޒިލަކަށް ހެދުމެވެ.
ގުޅުންހުރި

ގަމު "ޕަރީ ފެންގަނޑު"ބެލުމަށް ތަރައްޤީކުރި ހާއްސަ ޕްލެޓްފޯމް އާއްމުންނަށް ހުޅުވާލައިފި

ގަމު ސްޕޯޓްސް ކޮމްޕްލެކްސްގެ މަސައްކަތްވެސް އެމްއޭސީއެލްއަށް!

ލ ގަސްގަނޑުފިނޮޅުގައި ރިސޯޓެއް ތަރައްޤީކުރަން ބައިސަން މޯލްޑިވްސް އާއި ހަވާލުކޮށްފި
-1727240183358.webp&w=3840&q=75)



