logoEN
Sto top
ގަމު ސްޕޯޓްސް ކޮމްޕްލެކްސްގެ މަސައްކަތްވެސް އެމްއޭސީއެލްއަށް!

ގަމު ސްޕޯޓްސް ކޮމްޕްލެކްސްގެ މަސައްކަތްވެސް އެމްއޭސީއެލްއަށް!

އަހުމަދު ޝުރާއު

logo

10/22/2025, 8:29:50 AM

# ލ. ގަން

-

ލ ގަމު ސްޕޯޓްސް ކޮމްޕްލެކްސްގެ މަސައްކަތް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްއާއި ހަވާލުކޮށްފި އެވެ.

Wamco

ސަރުކާރުން މި މަޝްރޫއުގެ މަސައްކަތް އެމްއޭސީއެލްއާއި ހަވާލުކުރީ ރައީސް ޑރ މުހައްމަދު މުއިއްޒު މިހާރު ލ އަތޮޅަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ރޭ ގަމުގައި ބޭއްވި ޖަލްސާގައި އެވެ.

އެގޮތުން މި މަޝްރޫއުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓްރީ އޮފް ސްޕޯޓްސް ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ފަރާތުން ސްޓޭޓް މިނިސްޓަރ އިބްރާހިމް ރައްޒާގު އެވެ. އަދި އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދެވެ.

ގަމު ސްޕޯޓްސް ކޮމްޕްލެކްސް ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ 1200 މީހުންނަށް ތިބެވޭނެ ޖާގައާއި އިންޑޯ ހުރިހާ ކުޅިވަރެއް ކުޅެވޭގޮތަށް، މާލޭގައި ހުންނަ ސޯޝަލް ސެންޓަރު ހުންނަ ފެންވަރަށެވެ.

2026ގެ ނިޔަލަށް ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތަކާއި ބޮޑެތު ރަށްތަކުގައި ހުރިހާ ކުޅިވަރެއް ކުޅެވޭ ގޮތަށް ސްޕޯޓްސް ކޮމްޕްލެކްސް ގާއިމުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC