
ޕެނަލްޓީގައި އީގަލްސް ބަލިކޮށް ބުލޫ ސްޕޯޓްސް ކުލަބު އެފްއޭކަޕްގެ ސެމީފައިނަލުން ޖާގަ ހޯދައިފި
# ބުލޫ ސްޕޯޓްސް ކުލަބު# ކުލަބު އީގަލްސް# ދިވެހި ކުޅިވަރު # އެފްއޭ ކަޕްބުލޫ ސްޕޯޓްސް ކުލަބާއި ކުލަބު އީގަލްސް ވާދަކުރި މެޗުގެ ތެރެއިން..ފޮޓޯ: މިހާރު
އެފްއޭކަޕް ކުއާޓާ ފައިނަލުގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު ކުލަބު އީގަލްސް އާއި ވާދަކޮށް 2-2 ގެ ނަތީޖާއަކުން އެއްވަރުވެ ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި 4-3 ގެ ނަތީޖާއަކުން މޮޅުވެ ބުލޫ ސްޕޯޓްސް ކުލަބުން މުބާރާތުގެ ސެމީފައިނަލުން ޖާގަ ހޯދައިފިއެވެ.

ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މިމެޗުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ބުލޫ ސްޕޯޓްސް ކުލަބުންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 11 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އަހުމަދު ފާލިހް ލަމްރަތު އެވެ.
އީގަލްސް އިން ނަތީޖާ އެއްވަރުކުރި ލަނޑު ދެވަނަ ހާފުގެ 65 ވަނަ މިނެޓުގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ އިސްމާއިލް އީސާ އެވެ. އަދި އޭގެ ފަސް މިނެޓް ފަހުން އެޓީމުގެ ޒައިން ޒަފަރު ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މިމެޗުގައި އީގަލްސްއަށް ފުރަތަމަ ފަހަރަށް ލީޑު ހޯދައިދީފައެވެ.
މިލަނޑާއެކު 2-1 ގެ ނަތީޖާއަކުން އީގަލްސް ކުރީގައި އޮވެގެން މެޗު ނިމެންދަނިކޮށް ބުލޫ ސްޕޯޓްސް ކުލަބުން ނަތީޖާ އެއްވަރުކުރީ މެޗުގެ 85 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަބްދުﷲ އިޔާދު މުހައްމަދު އެވެ. އަދި މިލަނޑާއެކު މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ނިމިގެންދިޔައީ 2-2 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.
މިއާއެކު މެޗު ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ބުލޫ ސްޕޯޓްސް ކުލަބުގެ ފަސް ޕެނަލްޓީގެ ތެރެއިން، ހަތަރު ޕެނަލްޓީ އެޓީމުން ކާމިޔާބުކުރިއިރު، އީގަލްސްގެ ފަސް ޕެނަލްޓީގެ ތެރެއިން އެޓީމަށް ކާމިޔާބުކުރެވުނީ ތިން ޕެނަލްޓީއެވެ. އީގަލްސްގެ އިސްމާއިލް އީސަ ކުރިއަށް ފޮނުވާލު ޕެނަލްޓީ ގޯލުގެ އަރިމަތީ ދަނޑިއަށް އަމާޒުވިއިރު، އެޓީމުގެ ޒައިން ކުރިއަށް ފޮނުވާލި ޕެނަލްޓީ ބުލޫގެ ކީޕަރު ވަނީ ދިފާއުކޮށްފައެވެ.
މުބާރާތުގެ ސެމީފައިނަލުގައި ބުލޫ ސްޕޯޓްސް ކުލަބުން ނުކުންނާނީ މިރޭ ކުޅޭ ކުއާޓާ ފައިނަލް ދެވަނަ މެޗުގައި ނިއުރޭޑިއަންޑް ސްޕޯޓްސް ކުލަބާއި އޮޑި ސްޕޯޓްސް ކުލަބު ވާދަކުރާ މެޗުން މޮޅުވާ ޓީމަކާއި ދެކޮޅަށެވެ.
ގުޅުންހުރި

ޕެނަލްޓީގައި އީގަލްސް ބަލިކޮށް ބުލޫ ސްޕޯޓްސް ކުލަބު އެފްއޭކަޕްގެ ސެމީފައިނަލުން ޖާގަ ހޯދައިފި

އޭޝިއަން ބީޗް ގޭމްސްގައި ވާދަކުރާ ގައުމީ ބީޗް ހޭންޑްބޯޅަ ޓީމުގެ ކުޅުންތެރިންނާއި ޖާޒީ ހަވާލުކޮށްފި

ބީއެމްއެލްގެ ސްޕޯޓްސް ސްކޮލާޝިޕް މި އަހަރު ސައްޔިދަށް




