logoEN
WAMCO TOP 1
އަލަށް އިންތިޚާބުވި ކައުންސިލަރުން ހުވާކުރުން މޭ 17 ގައި

އަލަށް އިންތިޚާބުވި ކައުންސިލަރުން ހުވާކުރުން މޭ 17 ގައި

# ލޯކަލް ކައުންސިލްތައް# އެލްޖީއޭ

--

މިމަހުގެ 4 ވަނަ ދުވަހުގެ ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި އެކި ދާއިރާތަކަށް އިންތިޚާބުވި ކައުންސިލަރުން ހުވާކުރުން އަންނަ މޭ މަހުގެ 17 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާ ކަމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ވިދާޅުވެއްޖެއެވެ.

THE TRAVELLER AD

އަލަށް އިންތިހާބުވި ކައުންސިލަރުން ހުވާ ކުރާ ތާރީހް ކަނޑައަޅާފައިވަނީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު ދަށުން އެންމެ ފަހުން ކައުންސިލަރުން ހުވާކުރިތާ 5 އަހަރު ހަމަވާ ދުވަހަށް ބެލުމަށްފަހު އެވެ.

މިހާރު ތިބި ކައުންސިލަރުން ހުވާ ކުރީ މޭ 17، 2021 ގައެވެ. އެހެންކަމުން އަލަށް އިންތިހާބުވި ކައުންސިލަރުންގެ ހުވާކުރާނީ މޭ 17ވަނަ ދުވަހު އެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިހާބުގައި ކައުންސިލަރުންގެ އިތުރުން އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީއަށްވެސް މެމްބަރުން އިންތިހާބުކުރި އެވެ. އަންހެނުންގެ ކޮމެޓީއަށް ހޮވުނު މެމްބަރުން ހުވާނުކުރި ނަމަވެސްް އެދުވަހު އިގްރާރުގައި ސޮއިކުރާނެ އެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިހާބުގައި ރަށު ކައުންސިލްތަކަށް 626 އަދި ސިޓީ ކައުންސިލްތަކަށް 52 ކައުންސިލަރުން އިންތިހާބު ކުރުމަށް ވޯޓްލާފައިވެއެވެ. އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށްވެސް އެ އަދަދަށް މެންބަރުން އިންތިހާބު ކުރުމަށް ވަނީ ވޯޓުލާފައެވެ.

ކޮމެންޓް
ފަހުގެ
HDC