logoEN
WAMCO TOP 1
އެލްޖީއޭ ބޯޑުގެ ސިޓީ ކައުންސިލްތަކުގެ ގޮނޑި ވޯޓަކާ ނުލައި ކުޅުދުއްފުށީ މޭޔަރު އާތިފަށް!

އެލްޖީއޭ ބޯޑުގެ ސިޓީ ކައުންސިލްތަކުގެ ގޮނޑި ވޯޓަކާ ނުލައި ކުޅުދުއްފުށީ މޭޔަރު އާތިފަށް!

އަހުމަދު ޝުރާއު

logo

7/19/2026, 5:00:45 PM

# އެލްޖީއޭ

-

ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކުޅުދުއްފުށި ސިޓީ ކައުންސިލްގެ މޭޔަރ މުޙައްމަދު ޢާޠިފު އިންތިހާބުވެއްޖެ އެވެ.

THE TRAVELLER AD

އެލްޖީއޭއިން މިއަދު ބުނީ އެ އޮތޯރިޓީ ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިޔުޑީސީ) ގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބުގައި، ސިޓީ ކައުންސިލްތަކަށް ޚާއްސަ ގޮނޑި ވޯޓަކާ ނުލައި ކުޅުދުއްފުށި ސިޓީ ކައުންސިލްގެ މޭޔަރ މުޙައްމަދު ޢާޠިފުއަށް ކާމިޔާބުވެފައިވާ ކަމަށެވެ.

އަންނަ އޮގަސްޓް މަހުގެ 8 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި އިންތިޚާބަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތު ހަމަވިއިރު، އެލްޖީއޭ ބޯޑަށް ސިޓީ ކައުންސިލްތަކުގެ މެންބަރުންގެ ތެރެއިން އިންތިޚާބުކުރަންޖެހޭ 1 (އެކެއް) މެންބަރުކަމުގެ މަޤާމަށް ކުރިމަތިލާފައިވަނީ ސީދާ އިންތިޚާބު ކުރަންޖެހޭ ޢަދަދަށެވެ.

އެއީ ހަމައެކަނި ކުޅުދުއްފުށި ސިޓީގެ މޭޔަރ، ހިލްމަން، ހދ. ކުޅުދުއްފުށި، މުޙައްމަދު ޢާޠިފް އެކަންޏެވެ.

އެހެންކަމުން، އެލްޖީއޭ ބޯޑަށް ކައުންސިލަރުންގެ ތެރެއިން މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބުގެ އުސޫލުގެ 21 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، ސިޓީ ކައުންސިލްތަކުން އެލްޖީއޭ ބޯޑަށް ކަނޑައަޅާ މެންބަރުގެ މަޤާމަށް މުޙައްމަދު ޢާޠިފް އިންތިޚާބުވެއްޖެކަން އެލްޖީއޭއިން މިހާރު ވަނީ ރަސްމީކޮށް އިޢުލާންކޮށްފައެވެ.

ކޮމެންޓް
ފަހުގެ
HDC