logoEN
WAMCO TOP 1
ޕާޓީ ބަދަލުކުރުމުން ތިނަދޫ ކައުންސިލްގެ ރައީސް ސަސްޕެންޑުކޮށްފި: ގޮނޑިއާއިމެދު ގޮތެއް ނިންމަނީ

ޕާޓީ ބަދަލުކުރުމުން ތިނަދޫ ކައުންސިލްގެ ރައީސް ސަސްޕެންޑުކޮށްފި: ގޮނޑިއާއިމެދު ގޮތެއް ނިންމަނީ

އަހުމަދު ޝުރާއު

logo

6/5/2026, 1:04:24 PM

# އެލްޖީއޭ

-

ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓެއްގެ ގޮތުގައި ވާވު އަތޮޅު ތިނަދޫ ކައުންސިލުގެ ރައީސްގެ މަގާމަށް އިންތިހާބުވި ޝުޖާއު އަލީ، އިދިކޮޅު އެމްޑީޕީއަށް ބަދަލުވުމާ ގުޅިގެން، އޭނާގެ ގޮނޑިއާ މެދު ގޮތެއް ނިންމަންދެން ގޭގައި މަޑުކުރުމަށް ލޯކަލް ގަވާމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އަންގައިފިއެވެ.

THE TRAVELLER AD

އެލްޖީއޭގެ ސީއީއޯ މުހައްމަދު ނިމާލް ސޮއިކުރައްވައި ޝުޖާއުއަށް ފޮނުއްވި ސިޓީގައި ބަޔާންކޮށްފައިވަނީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 116 ވަނަ މާއްދާގެ (ޅ) އާ ހަވާލާދީއެވެ. އެ މާއްދާގައިވާ ގޮތުން، ވަކި ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ވާދަކޮށްގެން ކައުންސިލަށް އިންތިހާބުވުމަށްފަހު، އެ ދައުރުގެ ތެރޭގައި އިންތިހާބުވި ޕާޓީ ނޫން އެހެން ޕާޓީއެއްގެ މެމްބަރެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަން (އީސީ) ގައި ދަފްތަރުވެއްޖެނަމަ، ކައުންސިލް މެމްބަރުކަމުގެ މަގާމުން ވަކިވާނެއެވެ.

އެލްޖީއޭއިން ހާމަކުރި ގޮތުގައި، ލޯކަލް ކައުންސިލް އިންތިހާބުގައި ޑިމޮކްރެޓްސްގެ ޓިކެޓުގައި ތިނަދޫ ކައުންސިލްގެ ރައީސްކަމަށް އިންތިހާބުވި ޝުޖާއު، ދައުރު ފެށުނު ފަހުން މެއި މަހުގެ 19 ވަނަ ދުވަހު އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި އީސީގައި ދަފްތަރުވެފައިވާކަން އެ ކޮމިޝަނުން މިހާރު ވަނީ އެލްޖީއޭއަށް އަންގާފައެވެ.

އެހެންކަމުން، އެލްޖީއޭގެ ބޯޑުން މި މައްސަލައިގައި ވަކި ގޮތެއް ނިންމައި އަންގަންދެން، ޝުޖާއު މަގާމުގެ މަސްއޫލިއްޔަތުތަކުން ވަގުތީގޮތުން އެކަހެރިކޮށް، ކައުންސިލް އިދާރާއަށް ނުނިކުތުމަށް ވަނީ އަންގާފައެވެ. އަދި އެލްޖީއޭގެ ބޯޑުން ވަކި ގޮތެއް ނިންމަންދެން ކައުންސިލް ހިންގުން ވަގުތީ ގޮތުން ނައިބް ރައީސާ ހަވާލުކުރުމަށްވެސް އެ ސިޓީގައި ވަނީ އަންގާފައެވެ.

ކޮމެންޓް
ފަހުގެ
HDC