
ވެކޭޝަން އެކްސްޕޯގައި ޓްރެވެލަރ ސްޓޯލްއަށް ޒިޔާރަތްކޮށްގެން އިނާމާއި ޑިސްކައުންޓް ހޯދުމުގެ ފުރުސަތު!
# ދަތުރުވެރިޔާ—
ވެކޭޝަން އެކްސްޕޯގައި ދަ ޓްރެވެލަރ އުމްރާ ގްރޫޕްގެ ސްޓޯލަށް ޒިޔާރަތްކޮށްގެން އިނާމާއި އުމްރާ ދަތުރުތަކުން ޑިސްކައުންޓް ހޯދުމުގެ ފުތުސަތު ހުޅުވާލައިފި އެވެ.

އޭޕްރިލް 9 އިން 11 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްދާ ވެކޭޝަން އެކްސްޕޯގައި ބައިވެރިވާ ދަ ޓްރެވެލަރ އުމްރާ ގްރޫޕުން ވަނީ ސްޓޯލަށް ޒިޔާރަތް ކުރާ މީހުންގެ ތެރެއިން ކޮންމެ ދުވަހަކުވެސް ގުރުއަތުން ހޮވޭ ފަރާތަކަށް ހާއްސަ އިނާމްތަކެއް ދިނުމަށް ކަނޑައަޅާފައެވެ. އަދި އެ ގްރޫޕުން ކަނޑައަޅާފައިވާ އުމްރާ ޕެކޭޖުތަކުންވެސް 2000ރުފިޔާ އާ ހަމައަށް ޑިސްކައުންޓް ދިނުމަށް ވަނީ ނިންމާފައެވެ.
ދަ ޓްރެވެލަރ ގްރޫޕުން ވަނީ އަހަރުގެ އެކި ދުވަސްތަކަށް ހާއްސަ އުމްރާ ޕެކޭޖުތަކެއް ތައާރަފްކޮށްފައެވެ.ދަތުރުވެރިޔާގެ ކޮންމެ އުމްރާ ޕެކޭޖެއް އިހުތިޔާރުކުރި ނަމަވެސް ހަރަމްފުޅާ ކައިރިން ހޮޓެލް ހަމަޖައްސައިދެއެވެ. މި އުމްރާ ޕެކޭޖުތަކާ ބެހޭ ތަފްސީލީ މައުލޫމާތު ޓްރެވެލަރގެ ސްޓޯލުން ލިބެން ހުންނާނެ ކަމަށް އެކުންފުނިން ބުނެއެވެ.
ހައި ރައިސް އިން އިންތިޒާމުކުރާ ވެކޭޝަންސް އެކްސްޕޯ އާންމުންނަށް ހުޅުވާލާނީ 9 އޭޕްރީލް ވާ ބުރާސްފަތި ދުވަހު ހަވީރު4:00 އިން 6:00 އަށް އަދި ރޭގަނޑު 8:00 އިން 10:30 އަށެވެ.
މި އެކްސްޕޯގެ މަގްސަދަކީ ދަތުރުފަތުރުކުރުމާ ބެހޭ މައުލޫމާތު ދިވެހިންނާއި ރާއްޖޭގައި ވަޒީފާ އަދާކުރާ ބޭރު މީހުންނާ ހިއްސާކުރުމެވެ. ރާއްޖޭގެ ސަރަހައްދުތަކަށް ދަތުރުކުރަން އެންމެ ފަސޭހަ އަދި ފައިސާގެ ގޮތުން އެންމެ އެކަށޭނެ ގޮތްތަކުގެ މައުލޫމާތު ވެސް އެކްސްޕޯ އަށް ދާ މީހުންނަށް ދޭނެ އެވެ. ރާއްޖެ އިން ބޭރަށް ދާން ރާވާ މީހުންނަށް ވެސް މި އެކްސްޕޯ އިން ޗުއްޓީގެ ޕެކޭޖްތަކުގެ މައުލޫމާތު ސާފުކުރެވޭނެ އެވެ.
ގުޅުންހުރި

ވެކޭޝަން އެކްސްޕޯގައި ޓްރެވެލަރ ސްޓޯލްއަށް ޒިޔާރަތްކޮށްގެން އިނާމާއި ޑިސްކައުންޓް ހޯދުމުގެ ފުރުސަތު!
ދަތުރުވެރިޔާ އުމްރާ ގްރޫޕުގެ ހަވާލުގައި ރަމަޟާން މަހު އުމްރާއަށް ދިޔަ ހުރިހާ އުމްރާވެރިން ރާއްޖެ އަތުވެއްޖެ

ދަތުރުވެރިޔާގެ ހުރިހާ އުމްރާވެރިންނަށްވެސް ކާމިޔާބުކަމާއެކު "ރައުޟާ" އަށް ވަދެވުނު




