
-
ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުން މޭޖަރ (ރިޓަޔަރޑް) މުޙައްމަދު ނަޖާޙް ވަކިކޮށްފި އެވެ.

ޕްރައިވެޓައިޒޭޝަން ކޯޕަރޭޝަން ބޯޑުން މިއަދު ވިދާޅުވީ، ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުންނާއި ބޯޑު މެންބަރުކަމުގެ މަޤާމުން ހ.ޔެލޯރޯޒް 2، މޭޖަރ (ރިޓަޔަރޑް) މުޙައްމަދު ނަޖާޙް މިއަދުން ފެށިގެން ވަނީ ވަކިކޮށްފައިވާ ކަމަށެވެ.
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު ކަމުގެ މަގާމަށް ނަޖާހު އައްޔަންކުރީ2024 ޑިސެމްބަރ 23 ވަނަ ދުވަހު އެވެ.
ނަޖާހު އަކީ 21 އަހަރު ވަންދެން ދިވެހި އަސްކަރިއްޔާގައި ހިދުމަތް ކުރައްވާފައި ބޭފުޅެކެވެ. ނަޖާޙު އަކީ ލޮޖިސްޓިކްސް މެނޭޖުމަންޓުގެ ދާއިރާ އިން މަތީ ތަޢުލީމް ހާސިލް ކުރައްވައިފައިވާ ބޭފުޅެކެވެ.
ގުޅުންހުރި

ފެނަކަ ކޯޕަރޭޝަންގެ އައު އެމްޑީއަކަށް އަފީފް!

ކަރަންޓު ބިލު ތައްޔާރުކުރުމުގައި އެއްވެސް އުނި އިތުރެއް ގެނެސްފައެއް ނުވާނެ - ފެނަކަ

ފެނަކައިން ހިދުމަތް ދެމުން އައި ތިން އަތޮޅެއްގެ ޔުޓިލިޓީ ހިދުމަތް ސްޓެލްކޯގެ ދަަށަށް ބަދަލުކޮށްފި




