logoEN
PNC TOP 3
ބޮޑުތަކުރުފާނުމަގު ތަރައްޤީކުރުމުގެ މަޝްރޫއު: ސެގްމެންޓު 5 ގެ ޝީޓްޕައިލިންގ މަސައްކަތް ނިންމާލައިފި

ބޮޑުތަކުރުފާނުމަގު ތަރައްޤީކުރުމުގެ މަޝްރޫއު: ސެގްމެންޓު 5 ގެ ޝީޓްޕައިލިންގ މަސައްކަތް ނިންމާލައިފި

އަހުމަދު ޝުރާއު

logo

4/5/2026, 4:45:38 PM

# ބޮޑުތަކުރުފާނު މަގު މަޝްރޫއު

-

މާލޭ އުތުރުފަރާތުން ބޮޑުތަކުރުފާނުމަގު މިހާރު ތަރައްޤީކުރަމުންދާ ސަރަހައްދުގައި، ޝީޓްޕައިލް ކުރުމުގެ މަސައްކަތް ނިންމާލައިފި އެވެ.

PNC MID 2

މާލޭގެ މައި މަގު، ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްގެންދަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީއާ ހަވާލުކޮށްގެންނެވެ.

ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަސައްކަތުގެ ތެރެއިން މިހާރު ކުރިއަށްދަނީ ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން މަސްވެރިންގެ ޕާކާއި ދެމެދުގެ މަސައްކަތެވެ.

އެގޮތުން އެމްޓީސީސީން މިރޭ ބުނީ މި ސެގްމެންޓުގެ ތެރެއިން 143 މީޓަރުގެ ސަރަހައްދެއްގައި ޝީޓް ޕައިލްކުރުމުގެ މަސައްކަތް މިހާރު ފުރިހަމަކޮށްފައިވާ ކަމަށެވެ. މިއާއިއެކު ކުއީ ވޯލްގެ މަސައްކަތް މި ހަފްތާގައި ފެށުމަށް ނިންމާފައިވާ ކަމަށާއޮ އެންކަރ ބްލޮކް އިންސްޓޯލް ކުރުމާއި ކޭބަލް ޓްރެންޗް ހެދުމާއި ނަރުދަމާ އަދި ފެން ހޮޅި އިންސްޓޯލް ކުރުމުގެ މަސައްކަތް މިހާރުވެސް ކުރިޔަށްދާކަން އެކުންފުނީން ވަނީ ހާމަކޮށްފައެވެ.

މި ސަރަހައްދުވެސް ފަރުމާކޮށްފައިވަނީ މަގުގެ ޖާގަ ބޮޑު ކުރުމަށް މަގު އިތުރަށް ފުޅާވާނެގޮތަށެވެ. މަގުގެ މި ސަރަހައްދުވެސް ކުރިއަށްގެންދިއުމަށް ހަމަޖެހިފަވަނީ، ނިމުނު ދެ ސެގްމެންޓުވެސް ކުރިޔަށްގެންދިޔަ ފަރުމާއަށެވެ.

ބޮޑުތަކުރުފާނު މަގުގެ މަސައްކަތުގެ ތެރެއިން މިހާތަނަށްވަނީ، އިއްޒުއްދީން ފާލަމުން ފެށިގެން ނޯތު ހާބަރާ ހަމައަށް ތަރައްޤީކޮށްފައެވެ. އެއީ ޖުމުލަ 380 މީޓަރުގެ ސަރަޙައްދެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC