
-
ގިނަ އަދަދެއްގެ މަސްތުވާތަކާއްޗާއެކު މާލެއިން ހަމީހަކު ހައްޔަރުކޮށްފިއެވެ.

މަސްތުވާތަކެއްޗާއި ބަނގުރަލުގެ ނުރައްކަލުން މުޖުތަމައު ސަލާމަތްކުރުމަށްޓަކައި ދިވެހި ފުލުހުންގެ ޚިދުމަތުން ގެންދަނީ މެދުނުކެނޑި އެންޓި ނާކޮޓިކްސް އޮޕަރޭޝަންތައް ހިންގަމުންނެވެ. މިގޮތުން، މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ފުލުހުން ވަނީ ހަމީހުން ހައްޔަރުކޮށްފައެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ހަނީސީޒަން ، މުޙައްމަދު މާހިރު (36އ) އާއި ސ. ހުޅުދޫ / ސޯސަން، ޢަލީ އީޝާދު (32އ) އާއި މާލެ / ގ. ކަނދުމާގެއާގެ، އާހިލް ޢަލީ (23އ) އާއި ގދ. ތިނަދޫ / ފައިވްރޯސް، ރިކްޒު އާދަމް (23އ) އާއި ޅ. ހިންނަވަރު / ދުންތަރި، މުޙައްމަދު ސުހާން އަޙްމަދު (39އ) އާއި ލ. ގަން / މުކުރިމަގު. މަތަރެސްމާގެ، ޢަބްދުލްމާޖިދު އިބްރާހީމް (38އ)އެވެ.
ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން މި އެޕްރީލް މަހުގެ 1 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި އެ މީހުން ހައްޔަރުކޮށް، ކޯޓުއަމުރެއްގެ ދަށުން މާލޭގެ ދެތަނެއް ބަލައިފާސްކުރިއިރު ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވެއެވެ.
މި މައްސަލައާ ގުޅިގެން އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޢަލީ އީޝާދުއާއި، މުޙައްމަދު މާހިރުއާއި، ޢަބްދުލްމާޖިދު އިބްރާހީމްއާއި މުޙައްމަދު ސުހާން އަޙްމަދު 15 ދުވަހަށް އަދި އާހިލް ޢަލީ 12 ދުވަހަށް އަދި ރިކްޒު އާދަމް ފަސްދުވަހަށް ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
ގުޅުންހުރި

ގިނަ އަދަދެއްގެ މަސްތުވާތަކާއްޗާއެކު މާލެއިން ހަމީހަކު ހައްޔަރުކޮށްފި

ސާޖަންޓު އާދަމް ޙަލީމްގެ ޤާޠިލު، މުޙައްމަދު ސަމާޙު މެރުމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފި

ހިޓް އެންޑް ރަން ކޭސްއަކާއި ގުޅިގެން މީހަކު ހޯދުމަށް ފުލުހުން އާންމުންގެ އެހީއަށް އެދެފި

.gif&w=3840&q=75)



