logoEN
PNC TOP 3
ހިޓް އެންޑް ރަން ކޭސްއަކާއި ގުޅިގެން މީހަކު ހޯދުމަށް ފުލުހުން އާންމުންގެ އެހީއަށް އެދެފި

ހިޓް އެންޑް ރަން ކޭސްއަކާއި ގުޅިގެން މީހަކު ހޯދުމަށް ފުލުހުން އާންމުންގެ އެހީއަށް އެދެފި

އަހުމަދު ޝުރާއު

logo

4/1/2026, 10:39:18 AM

# ދިވެހި ފުލުހުންގެ ޙިދުމަތް

-

މަގު ހުރަސްކުރި އަންހެނެއްގެ ގައިގައި ސައިކަލަކުން ޖެހި އެކްސިޑެންޓްވުމުން މަޑުނުކޮށް ގޮސްފައިވާ މައްސަލައަކާއި ގުޅިގެން މީހަކު ހޯދަން އިއުލާނުކޮށްފި އެވެ.

PNC MID 2

ފުލުހުން މިއަދު ވީޑިއޯއަކާއިއެކު ނެރުނު ބަޔާނެއްގައި ބުނީ ވީޑިއޯ އިން ފެންނަ މީހާއަކީ މާލެ ޓްރެފިކް އިންވެސްޓިގޭޝަނުން ތަހުގީގު ކުރަމުންދާ، މަޖީދީމަގު އަތަމާ ޕެލަސް ކައިރިން މަގު ހުރަސްކުރި އަންހެނެއްގެ ގައިގައި ސައިކަލަކުން ޖެހި އެކްސިޑެންޓްވުމުން މަޑުނުކޮށް ގޮސްފައިވާ މައްސަލައަކާ ގުޅިގެން ހޯދަންބޭނުންވެ، އެމީހާއަކީ ކާކުކަން ދެނެގަނެވިފައިނުވާތީ ހޯދިފައިނުވާ މީހެއް ކަމަށެވެ.

އެގޮތުން ފުލުހުން އާންމުކުރި ވީޑިއޯއިން އެކްސިޑެންޓުވާ މަންޒަރުގެ އިތުރުން މާލޭގެ ބައެއް ސަރަހައްދުތަކުގައި އޭނާ އެކްސިޑެންޓުވި ރޭ ހަރަކާތްތެރިވާ މަންޒަރު ފެނިގެން ދެއެވެ.

ފުލުހުން ވަނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ އަދި މި އެކްސިޑެންޓްގެ މަންޒަރު ދުއް ފަރާތެއްވާނަމަ އެމަޢުލޫމާތެއް ޓްރެފިކް އިންވެސްޓިގޭޝަންގެ ނަންބަރު 9444880 ގުޅުއްވައި ހިއްސާކުރެއްވުމަށް އެދިފައި އެވެ.

އަދި މިފަދަ މީހުން ހޯދުމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މިފުރުސަތުގައި ފާހަގަކޮށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC