
ރައްޔިތުން އެދޭ ބަދަލުތަކާއެކު ހެޔޮ ވެރިކަމެއް ކޮށްދިނުމުގައި މި ސަރުކާރު ދެމިއޮންނާނެ - ޝިޔާމް
# އަހުމަދު ޝިޔާމްފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމް
އިންތިޚާބުތައް ކާމިޔާބުވުމުގައި އަދި ނާކާމިޔާބުވުމުގައި ވަރަށް ގިނަ ސަބަބުތައް އެކުލެވޭ ކަމަށާއި، ރައްޔިތުން އެދޭ ބަދަލުތަކާއެކު ހެޔޮ ވެރިކަމެއް ކޮށްދިނުމުގައި މި ސަރުކާރު ދެމިއޮންނާނެ ކަމަށް ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

މިނިސްޓްރ މިހެން ވިދާޅުވީ، އިއްޔެ ނިމިގެންދިޔަ ލޯކަލް ކައުންސިލް އިންތިހާބާއި، އަންހެނުގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ އިންތިހާބު އަދި ރިޔާސީ އިންތިހާބު އަދި ރައްޔިތުންގެ މަޖްލިސް އިންތިހާބު އެއްދުވަހެއްގައި ބޭއްވުމަށް ރައްޔިތުންގެ ހިޔާލު ހޯދުމަށް ނެގި ވޯޓަށް ފަހު މިއަދު އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
މިނިސްޓަރ ވިދާޅުވީ، ސިޔާސީ ޕާޓީއެއްގެ އެންމެ މުހިއްމު މަޤްޞަދުތަކުގެ ތެރޭގައި އިންތިޚާބުތަކުގައި ބައިވެރިވުމާއި، ބައިވެރިވާ އިންތިޚާބުތައް ކާމިޔާބުކުރުން ހިމެނޭ ކަމަށާއި އިންތިޚާބުތައް ކާމިޔާބުވުމުގައި އަދި ނާކާމިޔާބުވުމުގައި ވަރަށް ގިނަ ސަބަބުތައް އެކުލެވޭކަމަށެވެ. އަދި އިންތިޚާބުތަކުގެ ނަތީޖާތަކަކީ އަބަދުވެސް ކަންކަމާ ފުންކޮށް ވިސްނާ ކަންކަން އިސްލާހުކުރަން ލިބޭ ވަރަށް ފަހި ފުރުޞަތުތަކެއް ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަކީ އަބަދުވެސް ކުރިޔަށް ވިސްނާ ބައެއް. މިއީ ކުރަންވީ ކަމަކާއި ދާންވީ މަގު ސާފުކޮށްދިން މުހިއްމު އިންތިޚާބެއް. އަދި، ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރުން ރަނގަޅުކުރަންޖެހޭ ކަންކަން ރަނގަޅުކުރުމަށް ސަރުކާރުން ކުރަންޖެހޭ އެންމެހައި ކަންކަން ކުރައްވާނެކަމުގެ ޔަޤީންކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒުވަނީ ދެއްވާފައި. މި އިންތިޚާބުތަކުގެ ނަތީޖާއާއެކުވެސް އެމަނިކުފާނު ދެއްކެވީ ޑިމޮކްރަސީގެ ރިވެތި ނަމޫނާއެއް. މި ސަރުކާރު ދެމިއޮންނާނީ ރައްޔިތުން އެދޭ ބަދަލުތަކާއެކު ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ކޮށްދިނުމުގައި. " - މިނިސްޓަރ ޝިޔާމް
މިނިސްޓަރ ވަނީ އިއްޔެގެ އިންތިހާބުތަކުގައި ކާމިޔާބު ހޯއްދެވި ހުރިހާ ކެނޑިޑޭޓުންނަށް މަރުހަބާ ދަންނަވާފައެވެ. އަދި މި އިންތިޚާބުގައި ބައިވެރިވެ ކާމިޔާބާ ހަމައަށް ވާސިލް ނުވެވުނު ހުރިހާ ކެންޑިޑޭޓުންނަށާއި އެ ކެންޑިޑޭޓުންގެ ޓީމުތަކަށްވެސް ކުރެއްވި މަސައްކަައް މިނިސްޓަރ ވަނީ ހިތްވަރުދެއްވާފައެވެ.
އިންތިޚާބުގައި ޕީއެންސީގެ ރައީސް، ރައީސް ޑރ.މުހައްމަދު މުއިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަސްޓުލޭޑީ މެޑަމް ސާޖިދާ މުހައްމަދު ދެއްކެވި އާދަޔާޚިލާފް ހިތްވަރާއި ރީތި ނަމޫނާއަށްވެސް މިނިސްޓަރ ވަނީ ޝުކުރު އަދާކޮށްފައެވެ.
ގުޅުންހުރި

ރައްޔިތުން އެދޭ ބަދަލުތަކާއެކު ހެޔޮ ވެރިކަމެއް ކޮށްދިނުމުގައި މި ސަރުކާރު ދެމިއޮންނާނެ - ޝިޔާމް

ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު ކަނޑައެޅުމުގެ ބާރު ދިވެހީންނަށް ލިބެން ޖެހޭ!
.webp&w=3840&q=75)
މަސްވެރިކަމުގެ ސިނާއަތުގައި ހުރި ގޮންޖެހުންތަކަކީ ޒަމާންވީ ގޮންޖެހުންތަކަކަށް ވާތީ އެކަމަށް ސަރުކާރުން ކުރަން ޖެހޭ ހޭދަވެސް ބޮޑު!




