
-
މިއަދު ކުރިއަށްދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބް އާއި ރިފަރެންޑަމް ވޯޓްގެ ބައެއް ވޯޓް ފޮށިތަކުގެ ނަތީޖާތައް ލިބެން ފަށައިފި އެވެ.

ބައެއް ރަށްރަށާއި ރިސޯޓުތަކާއި މާލެ ސަރަހައްދުގައި ބަހައްޓާފައިވާ ފޮށިތަކުގެ ވަގުތީ ނަތީޖާ ލިބެން ފަށައިފި އެވެ.
ނަމަވެސް އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް ސޮލާހު ވިދާޅުވީ މަޖީދިއްޔާ ސްކޫލުގައި ބަހައްޓާފައިވާ ވޯޓު ފޮށްޓެއްގެ ސައްހަ/ ބާތިލް ގުނުމަށް މައްސަލަ ދިމާވެގެން ވޯޓު ގުނުން ވަގުތީ ގޮތުން ހުއްޓިފައިވާއިރު، މި މައްސަލަ ކޮމިޝަނުން ބަލަމުން އަންނަ ކަމަށެވެ.
އީސީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއަދު ހަވީރު 16:00 އާ ހަމައަށް ޖުމްލަ 185709 މީހުން ވޯޓު ލާފައިވާއިރު، އޭގެތެރޭގައި ހިމެނެނީ 92567 އަންހެނުންނާއި، 93142 ފިރިހެނުންނެވެ. މިއީ ވޯޓު ލިބުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން 62.98% މީހުންނެވެ.
މި ވޯޓުގައި ވޯޓުލުމުގެ ޙައްގު 294،876 މީހުންނަށް ލިބިގެންވާއިރު މިއަދު ހަވީރު 16:00 އާ ހަމައަށް 109167 މީހުން ވޯޓު ނުލަ އެވެ. ނަމަވެސް އޭގެފަހުން ވަނީ 1 ގަޑިއިރަށް ވޯޓު ލުމުގެ ވަގުތު އިތުރުކޮށްފަ އެވެ.
.gif&w=3840&q=75)






