
ކުރިއަށް އޮތް ދެ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ގޮތުގައި ހަމަޖައްސައިފި
# ރައީސް އޮފީސް# ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުރައީސް އޮފީސް
ލޯކަލް އިންތިހާބުތަކާއި ރިފަރެންޑަމް ވޯޓާ ގުޅިގެން ކުރިއަށް އޮތް ދެ ދުވަސް ބަންދު ދެދުވަސް ގޮތުގައި ރައީސް އޮފީހުން ހަމަޖައްސައިިފި އެވެ.

ރައީސް އޮފީހުން ބުނީ މި ދުވަސްތައް ބަންދުކޮށްފައިވަނީ މިއަދު ކުރިއަށްދާ 3 އިންތިހާބުގައި ދައުލަތުގެ ވަޒީފާތަކުގައި ތިބި ގިނަ އަދަދެއްގެ މުވައްޒަފުން ހަރަކާތްތެރިވަމުންދާތީ އެކަމަށް އިލެކްޝަންސް ކޮމިޝަނުން އެދިފައިވާތީ ކަމަށެވެ.
ހޯމަ ދުވަހު ވެސް އިންތިހާބާ ގުޅޭ މުހިންމު މަސައްކަތްތަކެއް ކުރަން ޖެހޭކަމަށް އީސީ އިން އަންގާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރާއްޖޭގައި މިހާތަނަށް ބޭއްވޭ އެންމެ ބޮޑު އިންތިހާބު މިއަދު މިވަނީ ކުރިއަށް ގެންގޮސްފަ އެވެ. އެއީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބާއި ލޯކަލް ކައުންސިލް އިންތިހާބް އަދި ރިޔާސީ އިންތިހާބާއި ރައްޔިތުން މަޖިލީހުގެ އިންތިހާބު އެއްދުވަހަކު ބޭއްވުމަށް ނަގާ ފެންނަ ނުފެންނަ ވޯޓެވެ.
ގުޅުންހުރި

ގަލްފް ހަނގުރާމައާއިއެކު ރާއްޖޭގެ ފަތުރުވެރިކަމަށް ކުރި އަސަރު ކުރިން އަންދާޒާ ކުރި މިންވަރަށް ވުރެ މާ ކުޑަ!

އާރް.ޓީ.އައި ބެކްލޮގް ސުމަކަށް: ރައީސް އޮފީހުން ހުރިހާ ފޯމަކަށް ޖަވާބުދީފި

ވަކި ފަންނަކަށް ނިސްބަތްވިޔަތީ، ޤާނޫނާ ޚިލާފުވެގެން އަޅާ ފިޔަވަޅުތަކުން ވަކި ބަޔަކު އިސްތިސްނާކުރުމަކީ ސަރުކާރުގެ ސިޔާސަތެއް ނޫން!




