logoEN
PNC TOP 3
ކުރީގެ ރައީސް ނަޝީދާއި، އިބްރާހިމް މުހައްމަދު ސޯލިހް ހިމެނޭހެން އިދިކޮޅު ލީޑަރުން ވޯޓު ލައްވައިފި

ކުރީގެ ރައީސް ނަޝީދާއި، އިބްރާހިމް މުހައްމަދު ސޯލިހް ހިމެނޭހެން އިދިކޮޅު ލީޑަރުން ވޯޓު ލައްވައިފި

# އިލެކްޝަން 26

ގާފު ފޮޓޯ

ލޯކަލް ކައުންސިލްތަކުގެ އިންތިހާބު، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކޮމެޓީ އަދި ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމާއިމެދު ފެންނަ ގޮތެއް ނިންމުމަށް ނަގާ ވޯޓުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު، އިބްރާހިމް މުހައްމަދު ސޯލިހް ހިމެނޭހެން އިދިކޮޅު ލީޑަރުން ވޯޓު ލައްވައިފި އެވެ.

PNC MID 2

ރައީސް މުހައްމަދު ނަޝީދު ވޯޓު ލައްވައިފައިވަނީ އިސްކަންދަރު ސްކޫލުގައި ބަހައްޓާފައި ހުރި ފޮށްޓަށެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވޯޓު ލެއްވީ ޖަމާލުއްދީން ސްކޫލުގައި ބަހައްޓާފައި ހުރި ޅ. އަތޮޅު ވޯޓު ފޮއްޓަށެވެ. ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވޯޓު ލެއްވީ ޖަމާލުއްދީން ސްކޫލުގައި ބެހެއްޓިފައިވާ ފޮށްޓަކަށެވެ. މީގެ އިތުރުން މާލެ ސިޓީގެ އެމްޑީޕީގެ މޭޔަރު ކެނޑިޑޭޓް އާދަމް އާޒިމްވެސް ވަނީ ވޯޓު ލައްވާފައެވެ.

undefinedކުރީގެ ނައިބު ރައީސް ފައިސަލް ނަސީލް

އިލެކްޝަންސް ކޮމިޝަނުން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދު ހެނދުނު 10 ޖެހުމާ ހަމައަށް 41،162 މީހުން ވަނީ ވޯޓު ލައިފަ އެވެ.

undefined

މި އިންތިހާބުގެ ވޯޓުލުން ކުރިޔަށްދާނީ ހެނދުނު 8 އިން ހަވީރު 4 ޖެހުމާއި ހަމައަށެވެ. ވޯޓުލާ ވަގުތު އިތުރުކުރާނެ ކަން އަދި މިހާތަނަށް އީސީން ހާމަކޮށްފައި ނުވެއެވެ. މީގެ ކުރީ އިންތިހާބުތަކުގައި އީސީން ވަނީ ވޯޓުލުމުގެ ވަގުތު އިތުރުކޮށްފައެވެ. އިންތިހާބުގައި ވޯޓުލުމުގެ ކަންކަން އިލެކްޝަންސް ކޮމިޝަނުން ވަނީ ވަރަށް ފުރިހަމައަށް ހަމަޖައްސާފައި އެވެ.

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓުގައި 294،876 މީހުންނަށް ވޯޓުލުމުގެ ޙައްގު ލިބެއެވެ.

މި އިންތިޚާބުގައި ވޯޓުލުމަށް 588 ތަނެއްގައި ވޯޓުފޮށި ބަހައްޓާފައިވާއިރު މިއިން ކޮންމެ ވޯޓުލާ ސްޓޭޝަނެއްގައިވެސް 3 ވޯޓަށް، ވަކިވަކި ވޯޓު ފޮށި ބެހެއްޓިފައިވެއެވެ.

އިލެކްޝަނުންވަނީ ވީހާވެސް އަވަހަށް ވޯޓުލާން ދިޔުމަށް އާންމުނަށް އިލްތިމާސްކުރައްވާފައެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC