logoEN
WAMCO TOP 1
3 ގަޑިއިރުން 20 އިންސައްތަ މީހުން ވޯޓު ލައިފި

3 ގަޑިއިރުން 20 އިންސައްތަ މީހުން ވޯޓު ލައިފި

# އިލެކްޝަން 26

-

މިއަދު ކުރިއަށްދާ، ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ އިތުރުން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާއްމު އިންތިހާބުގައި މިއަދު ހެނދުނު 11:00 ޖެހުމާ ހަމައަށް 20 އިންސައްތަ މީހުން ވޯޓު ލައިފި އެވެ.

THE TRAVELLER AD

އިލެކްޝަންސް ކޮމިޝަނުން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދު ހެނދުނު 11:00 ޖެހުމާ ހަމައަށް، 58819 މީހުން ވަނީ ވޯޓު ލައިފައެވެ. އަދި ވޯޓުލުމުގެ ހައްގު ލިބިފައިވާ 294876 މީހުންގެ ތެރެއިން މިހާތަނަށް ވޯޓު ނުލާ އަދަދަކީ، 236057 މީހުންނެވެ.

އިންތިހާބުގެ ވޯޓުލުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަނީ ފަށާފައެވެ. އިންތިހާބުގެ ވޯޓުލުން ކުރިޔަށްދާނީ ހެނދުނު 8 އިން ހަވީރު 4 ޖެހުމާއި ހަމައަށެވެ. ވޯޓުލާ ވަގުތު އިތުރުކުރާނެ ކަން އަދި މިހާތަނަށް އީސީން ހާމަކޮށްފައި ނުވެއެވެ. މީގެ ކުރީ އިންތިހާބުތަކުގައި އީސީން ވަނީ ވޯޓުލުމުގެ ވަގުތު އިތުރުކޮށްފައެވެ. އިންތިހާބުގައި ވޯޓުލުމުގެ ކަންކަން އިލެކްޝަންސް ކޮމިޝަނުން ވަނީ ވަރަށް ފުރިހަމައަށް ހަމަޖައްސާފައި އެވެ.

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓުގައި 294،876 މީހުންނަށް ވޯޓުލުމުގެ ޙައްގު ލިބެއެވެ.

މި އިންތިޚާބުގައި ވޯޓުލުމަށް 588 ތަނެއްގައި ވޯޓުފޮށި ބަހައްޓާފައިވާއިރު މިއިން ކޮންމެ ވޯޓުލާ ސްޓޭޝަނެއްގައިވެސް 3 ވޯޓަށް، ވަކިވަކި ވޯޓު ފޮށި ބެހެއްޓިފައިވެއެވެ.

އިލެކްޝަނުންވަނީ ވީހާވެސް އަވަހަށް ވޯޓުލާން ދިޔުމަށް އާންމުނަށް އިލްތިމާސްކުރައްވާފައެވެ.

ކޮމެންޓް
ފަހުގެ
HDC