logoEN
WAMCO TOP 1
41000 އަށް ވުރެ ގިނަ މީހުން ވޯޓު ލައިފި

41000 އަށް ވުރެ ގިނަ މީހުން ވޯޓު ލައިފި

# އިލެކްޝަން 26

-

މިއަދު ކުރިއަށްދާ، ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ އިތުރުން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާއްމު އިންތިހާބުގައި މިއަދު ހެނދުނު 10:00 ޖެހުމާ ހަމައަށް 41،000 އަށް ވުރެ ގިނަ މީހުން ވޯޓު ލައިފި އެވެ.

THE TRAVELLER AD

އިލެކްޝަންސް ކޮމިޝަނުން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދު ހެނދުނު 10 ޖެހުމާ ހަމައަށް 41،162 މީހުން ވަނީ ވޯޓު ލައިފަ އެވެ. އަދި ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން 253714 މީހުން ވޯޓު ނުލައެވެ. މިހާތަނަށް ވޯޓު ލީ، 16166 އަންހެން ބޭފުޅުންނާއި، 24996 ފިރިހެން ބޭފުޅުންނެވެ.

އިންތިހާބުގެ ވޯޓުލުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފެށިގެން ކުރިޔަށްދާއިރު ވޯޓުލުން ފެށުމުގެ ކަންކަން ހުރިހާ ރަށެއްގައި ކަހަލަ ގޮތަކަށް މިހާރު ވަނީ ފަށާފައި އެވެ.

މި އިންތިހާބުގެ ވޯޓުލުން ކުރިޔަށްދާނީ ހެނދުނު 8 އިން ހަވީރު 4 ޖެހުމާއި ހަމައަށެވެ. ވޯޓުލާ ވަގުތު އިތުރުކުރާނެ ކަން އަދި މިހާތަނަށް އީސީން ހާމަކޮށްފައި ނުވެއެވެ. މީގެ ކުރީ އިންތިހާބުތަކުގައި އީސީން ވަނީ ވޯޓުލުމުގެ ވަގުތު އިތުރުކޮށްފައެވެ. އިންތިހާބުގައި ވޯޓުލުމުގެ ކަންކަން އިލެކްޝަންސް ކޮމިޝަނުން ވަނީ ވަރަށް ފުރިހަމައަށް ހަމަޖައްސާފައި އެވެ.

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓުގައި 294،876 މީހުންނަށް ވޯޓުލުމުގެ ޙައްގު ލިބެއެވެ.

މި އިންތިޚާބުގައި ވޯޓުލުމަށް 588 ތަނެއްގައި ވޯޓުފޮށި ބަހައްޓާފައިވާއިރު މިއިން ކޮންމެ ވޯޓުލާ ސްޓޭޝަނެއްގައިވެސް 3 ވޯޓަށް، ވަކިވަކި ވޯޓު ފޮށި ބެހެއްޓިފައިވެއެވެ.

އިލެކްޝަނުންވަނީ ވީހާވެސް އަވަހަށް ވޯޓުލާން ދިޔުމަށް އާންމުނަށް އިލްތިމާސްކުރައްވާފައެވެ.

ކޮމެންޓް
ފަހުގެ
HDC