logoEN
PNC TOP 3
ބޮޑު ތަފާތަކާއެކު ވިލިނގިލި ކައުންސިލް ރައީސްކަމުގެ އިތުރު ދައުރަކަށް ވިޝާލް އިންތިހާބުވެއްޖެ

ބޮޑު ތަފާތަކާއެކު ވިލިނގިލި ކައުންސިލް ރައީސްކަމުގެ އިތުރު ދައުރަކަށް ވިޝާލް އިންތިހާބުވެއްޖެ

# އިލެކްޝަން 26

ގއ. ވިލިނގިލި ކައުންސިލް ރައީސް ވިޝާލް މުހައްމަދު -

ލޯކަލް ކައުންސިލް އިންތިޚާބު 2026 ގައި ގއ. ވިލިނގިލި ކައުންސިލްގެ ރައީސްގެ ގޮނޑި 600 އަށް ވުރެ ގިނަ ވޯޓުގެ ފަރަގަކާއެކު ކާމިޔާބުކުރައްވައި، އިތުރު ދައުރަކަށް ވިޝާލު މުހައްމަދު އިންތިޚާބުވެވަޑައިގެންފިއެވެ.

PNC MID 2

އިލެކްޝަންސް ކޮމިޝަން (އީސީ) އިން އާންމުކޮށްފައިވާ ވަގުތީ ނަތީޖާތަކުން ދައްކާގޮތުގައި، ވިލިނގިލީގެ މިއިންތިޚާބުގައި ސަރުކާރު ހިންގާ ޕީއެންސީން ވަނީ ފުރިހަމަ ކާމިޔާބީއެއް ހޯދާފައެވެ.

އިލެކްޝަންސް ކޮމިޝަންގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން، ވިލިނގިލި ކައުންސިލްގެ ފަސް ގޮނޑީގެ އިތުރުން އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ފަސް ގޮނޑިއާއެކު، ޖުމްލަ 10 ގޮނޑި ވެސް ކާމިޔާބުކުރީ ޕީއެންސީގެ ކެންޑިޑޭޓުންނެވެ. މި ނަތީޖާއާއެކު، އިދިކޮޅު އެމްޑީޕީއަށް ވިލިނގިލިން އެއްވެސް ގޮނޑިއެއް ލިބިފައެއް ނުވެއެވެ.

ވިލިނގިލީ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިޚާބުގައި ޖުމްލަ 29 ކެންޑިޑޭޓުން ވާދަކުރިއެވެ. މީގެ ތެރޭގައި ހިމެނެނީ ޕީއެންސީގެ 10 ކެންޑިޑޭޓުންނާއި، އެމްޑީޕީގެ 6 ކެންޑިޑޭޓުންގެ އިތުރުން އަމިއްލަ ގޮތުން ވާދަކުރި 13 ކެންޑިޑޭޓުންނެވެ.

ކައުންސިލްގެ ރައީސްގެ މަގާމަށް ޖުމްލަ 4 ކެންޑީޑޭޓަކު ވާދަކުރެއްވި އެވެ. ވަގުތީ ނަތީޖާ ދައްކާގޮތުން އިންތިޚާބު ކާމިޔާބުކުރެއްވި ޕީއެންސީގެ ކެންޑިޑޭޓް ވިޝާލް މުހައްމަދު އަށް 1131 ވޯޓު ލިބިވަޑައިގެންނެވި އެވެ. ވިޝާލްއާ އެންމެ ގާތުން ވާދަކުރެއްވި އަމިއްލަ ކެންޑިޑޭޓް ޝާފިޒަށް ލިބުނީ 512 ވޯޓެވެ. އެހެންކަމުން ވިޝާލް މި ގޮނޑި ކާމިޔާބު ކުރެއްވީ 619 ވޯޓުގެ ބޮޑު ތަފާތަކުންނެވެ.

މި މަގާމަށް ވާދަކުރެއްވި އެމްޑީޕީ ކެންޑިޑޭޓް ޝިހާބު އަށް ލިބިވަޑައިގަތީ 470 ވޯޓެވެ. އަދި އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓު މުޒިއްލުއަށް ލިބިވަޑައިގަތީ 29 ވޯޓެވެ.

ވިލިނގިލީގެ ހުރިހާ ގޮނޑިތަކެއް ޕީއެންސީން ކާމިޔާބު ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް އެ ރަށުގެ ރައްޔިތުން އޮތް އިތުބާރު ހާމަވެގެންދިޔަ ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެއެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC