logoEN
WAMCO TOP 1
ތިނަދޫ ސިޓީގެ ފުރަތަމަ އިންތިހާބީ މޭޔަރަކަށް ސައުދު އަލީ!

ތިނަދޫ ސިޓީގެ ފުރަތަމަ އިންތިހާބީ މޭޔަރަކަށް ސައުދު އަލީ!

އަހުމަދު ޝުރާއު

logo

4/4/2026, 4:15:13 PM

# އިލެކްޝަން 26

-

ތިނަދޫ ސިޓީގެ މޭޔަރަކަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރެއްވި ސައުދު އަލީ އިންތިހާބުވެއްޖެ އެވެ.

THE TRAVELLER AD

ސައުދު އެ މަގާމަށް ހޮވުނީ މިހާރުގެ ތިނަދޫ ސިޓީއަށް ޕީއެންސީގެ ފަރާތުން ވާދަކުރެއްވި މުހައްމަދު އަޖީބުއާ ވާދަކުރައްވައިގެންނެވެ.

އެ އިންތިހާބު ސައުދު ކާމިޔާބުކުރެއްވީ ގާތްގަޑަކަށް 54 ވޯޓުގެ ތަފާތުންނެވެ.

ލިބިފައިވާ ނަތީޖާތަކުން ދައްކާ ގޮތުގައި އިންތިހާބުގައި ސައުދުއަށް ލިބިވަޑައިގެންނެވީ 50.2 އިންސައްތައެވެ.

އަދި އަޖީބުއަށް ލިބިވަޑައިގެންނެވީ 49.8 އިންސައްތައެވެ.

ސައުދު އަލީ އަކީ ތިނަދޫ ސިޓީއަކަށް ބަދަލުކުރުމަށް އެންމެ މަސައްކަތްކުރެއްވި އެއް ބޭފުޅާއެވެ. އެގޮތުން 2022 ވަނަ އަހަރު ބޭއްވުނު ކައުންސިލް އިންތިހާބުގައި ތިނަދޫ ކައުންސިލްގެ ރައީސްގެ ގޮތުގައި އިންތިހާބުވެވަޑައިގެން ސައުދު ވަނީ އޭރުގެ ސަރުކާރާއި ގުޅިގެން ތިނަދޫ ސިޓީއަކަށް ބަދަލުކުރުމުގެ ރަސްމީ މަސައްކަތްތައް ކުރިޔަށް ގެންދަވާފައި އެވެ.

އެމަސައްކަތްތަކާއި އެކު ތިނަދޫ އަށް ސިޓީއެއްގެ ދަރަޖަ ލިބިގެން ދިޔައީ 2023 ވަނަ އަހަރުގެ ތެރޭގައި އެވެ.

ކޮމެންޓް
ފަހުގެ
HDC