logoEN
PNC TOP 3
2 ވޯޓުގެ ތަފާތުން ފުވައްމުލަކު ގޮނޑިއެއް ޕީއެންސީއަށް ލިބިއްޖެ

2 ވޯޓުގެ ތަފާތުން ފުވައްމުލަކު ގޮނޑިއެއް ޕީއެންސީއަށް ލިބިއްޖެ

# އިލެކްޝަން 26

-

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ފުވައްމުލަކު ސިޓީ ކައުންސިލްގެ ގޮނޑިއެއް ޕީއެންސީއަށް ލިބިއްޖެއެވެ.

PNC MID 2

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ވަގުތީ ނަތީޖާ އެންމެ ފުރަތަމަ ދެއްކި ގޮތުން ފުވައްމުލަކުގެ ނުވަ ގޮނޑީގެ ތެރެއިން އަށް ގޮނޑި ކާމިޔާބު ކުރީ އެމްޑީޕީންނެވެ. އޭގެ ތެރޭގައި ސިޓީ ކައުންސިލްގެ މޭޔަރު ގޮނޑި ވެސް ހިމެނެއެވެ. އަދި އެއް ގޮނޑި، އަމިއްލަ ގޮތުން ވާދަކުރި ކެންޑިޑޭޓަކު ނެގި ކަމަށް ދެއްކިއެވެ.

އެކަމަކު، މިހާރު އީސީގެ ނަތީޖާ ދައްކާ ގޮތުން، އެމްޑީޕީއަށް ލިބިފައިވަނީ އަށް ގޮނޑިއެވެ. އަދި އެއް ގޮނޑި ޕީއެންސީއަށް ލިބިފައިވެއެވެ.

ޕީއެންސީން ކާމިޔާބު ކުރީ ދަޑިމަގު ދާއިރާގެ ގޮނޑިއެވެ. ޕީއެންސީ ޓިކެޓުގައި ކުރިމަތިލެއްވި އައިޝަތު އަބްދުލްގާދިރަށް 483 ވޯޓު ލިބިވަޑައިގެންނެވި އިރު، އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓު ޝީޒާ އިބްރާހިމަށް 481 ވޯޓު ލިބިވަޑައިގަތެވެ. އައިޝަތާއި ޝީޒާއާ ދެމެދު ހުރީ އެންމެ ދެ ވޯޓުގެ ތަފާތެވެ.

އައިޝަތު އަބްދުލްގާދިރަކީ މިހާރު ވެސް ދަޑިމަގު ކައުންސިލް މެމްބަރަކަށް ހުންނެވި ކައުންސިލަރެވެ.

އަންހެނުންގެ ކޮމެޓީގެ ނުވަ ގޮނޑީގެ ތެރެއިން އެމްޑީޕީއަށް ހަތް ގޮނޑި ލިބުނުއިރު، ޕީއެންސީ އަށާއި އަމިއްލަ ކެންޑިޑޭޓަކަށް ވަނީ އެއް ގޮނޑި ކާމިޔާބުވެފައެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC