.webp&w=3840&q=75)
ހަފްތާއެއްގެ ތެރޭގައި މާލެ، ބުރިޖު އަދި ހައިވޭގައި 56 އެކްސިޑެންޓް ހިނގައިފައިވޭ
# އެކްސިޑެންޓް# ފުލުހުން-
މިދިޔަ ހަފްތާގައި މާލެ އާއި ސިނަމާލޭ ބްރިޖާއި ހަލި މަގުގައި 56 އެކްސިޑެންޓް ހިނގާފައިވާ ކަމަށް ފުލުހުން ހާމަކޮށްފި އެވެ.

ފުލުހުން މިއަދު އާއްމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ މަހުގެ 22 ވަނަ ދުވަހުން ފެށިގެން 28 ވަނަ ދުވަހާއި ހަމައަށް މާލޭ ސަރަޙައްދުގައި ހިނގި 56 އެކްސިޑެންޓުގެ ތެރެއިން، 49 އެކްސިޑެންޓަކީ މާލެތެރެއިން ރިޕޯޓުކޮށްފައިވާ އެކްސިޑެންޓްތަކެވެ.
މި މުއްދަތުގެ ތެރޭގައި މާލޭގައި އެންމެ ގިނަ އެކްސިޑެންޓް ހިނގާފައިވަނީ މާޗް 25 ވަނަ ދުވަހު އެވެ. އެދުވަހު އެކަނިވެސް 13 އެކްސިޑެންޓް ރިޕޯޓްކޮށްފައިވާ ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެ މުއްދަތުގައި އެންމެ ގިނައީ ސައިކަލާއި ކާރު ޖެހިގެން ހިނގާފައިވާ އެކްސިޑެންޓެވެ. އެފަދަ 14 އެކްސިޑެންޓެއް ހިނގާފައިވެއެވެ. އަދި ސައިކަލާއި ސައިކަލު ޖެހުނު 13 އެކްސިޑެންޓެއް ހިނގާފައިވާ ކަމަށްވެސް ތަފާސްހިސާބުތަކުން ދައްކައެވެ.
މި މުއްދަތުގައި އެންމެ ގިނަ އެކްސިޑެންޓްތައް ހިނގާފައިވަނީ ދުވާލު ގަޑީގައެވެ. ދުވާލު ގަޑީގައި 37 އެކްސިޑެންޓް ހިނގާފައިވާއިރު، ރޭގަނޑު ހިނގާފައިވަނީ 19 އެކްސިޑެންޓް ކަމަށް ފުލުހުންގެ ތަފާސްހިސާބުތައްކުން ދައްކައެވެ.
މިދިޔަ ހަފްތާގައި ހިނގި އެކްސިޑެންޓްތަކަށް ބަލާއިރު، އެކަކަށް ސީރިއަސް އަނިޔާވެފައިވާއިރު 55 މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށް ވެސް ތަފާސްހިސާބުތަކުން ދައްކައެވެ.
.gif&w=3840&q=75)


.jpg&w=3840&q=75)



