
ދެކުނު އިރުމަތީ އޭޝިއާއަށް އައި ބާރުގަދަ ބިންހެލުން: އިންޑޮނޭޝިޔާގެ ބައެއް ސަރަހައްދުތަކަށް 1 މީޓަރުގެ ރާޅު އަރާފާނެކަމަށް ލަފާކޮށްފި
# އިންޑޮނޭޝިއާބިންހެލުން އައި އުތުރު މޮލޫކާ ކަނޑުގެ ސަރަހައްދާއި އެންމެ ކައިރީގައި އޮންނަ ޓަރނޭޓް
އިންޑޮނޭޝިއާގެ އުތުރު މޮލޫކާ ކަނޑުގެ ސަރަހައްދަށް އައި ބާރުގަދަ ބިންހެލުމާއިއެކު ސުނާމީއެއް އުފެދި އިންޑޮނޭޝިޔާގެ ބައެއް އައްސޭރިފަށުގެ ސަރަހައްދުތަކަށް 1 މީޓަރުގެ ރާޅުތަކެއް އަރާފާނެ ކަމަށް ލަފާކޮށްފި އެވެ.

އިންޑޮނޭޝިއާގެ އުތުރު މޮލޫކާ ކަނޑުގެ ސަރަހައްދަށް 7.8 މެގްނިޓިއުޑްގެ ބިންހެލުމެއް އައިސްފައިވާ ކަމަށް އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭއިން ދާދި ދެންމެ އަކު ވަނީ ބުނެފައި އެވެ. އެގޮތުން މި ބިންހެލުން އައިސްފައިވަނީ 10 ކިލޯމީޓަރު (6.21 މޭލު) އަޑިން ކަމަށާއި އެސ ސަރަހައްދުގެ 1،000 ކިލޯމީޓަރު ދުރުގައި، އިންޑޮނޭޝިއާ، ފިލިޕީންސް އަދި މެލޭޝިއާގެ އައްސޭރިފަށުގެ ސަރަހައްދުތަކަށް ސުނާމީގެ ރާޅުތައް އަރާނެ ކަމުގެ އިންޒާރު މިހާރު ވަނީ ދީފައި އެވެ.
ޔޫއެސްޖީއެސް އިން ބުނާ ގޮތުގައި ބިންހެލުން އައީ އިންޑޮނޭޝިއާގެ އުތުރު މަލޫކު ޕްރޮވިންސްގެ ޓާނަޓޭ ސިޓީއާ ގާތްގަނޑަކަށް 120 ކިލޯމީޓަރު ދުރަށެވެ.
ޔޫއެސްޖީއެސްއިން ވަނީ މި ސުނާމީއާއިއެކު އިންޑޮނޭޝިއާގެ އައްސޭރިފަށަށް 0.3 މީޓަރާއި 1 މީޓަރުގެ ރާޅުތައް އަރާފާނެ ކަމަށް ލަފާކޮށްފައެވެ.
އަދި ގުއާމް، ޖަޕާން، މެލޭޝިއާ، ފިލިޕީންސް އަދި ޓައިވާންގެ އައްސޭރިފަށަށް ވެސް 0.3 މީޓަރުގެ ރާޅުތަކެއް އަރާނެ ކަމަށް ވަނީ ލަފާކޮށްފައިވެ އެވެ.
ގުޅުންހުރި

ދެކުނު އިރުމަތީ އޭޝިއާއަށް އައި ބާރުގަދަ ބިންހެލުން: އިންޑޮނޭޝިޔާގެ ބައެއް ސަރަހައްދުތަކަށް 1 މީޓަރުގެ ރާޅު އަރާފާނެކަމަށް ލަފާކޮށްފި

ިއިންޑޮނޭޝިއާ ވިއްސާރާގައި ބިންގަނޑު ކަނޑައިގެން ދިއުމުގެ ބޮޑު ހާދިސާއެއް: ހަތް މީހަކު މަރުވެ އެތައް ބަޔަކު ގެއްލިއްޖެ

އިންޑޮނޭޝިއާގެ ރަނުގެ މައިނެއްގައި ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން މަރުވި މީހުންގެ އަދަދު 23 އަށް!

.gif&w=3840&q=75)



