logoEN
Sto top
ިއިންޑޮނޭޝިއާ ވިއްސާރާގައި ބިންގަނޑު ކަނޑައިގެން ދިއުމުގެ ބޮޑު ހާދިސާއެއް: ހަތް މީހަކު މަރުވެ އެތައް ބަޔަކު ގެއްލިއްޖެ

ިއިންޑޮނޭޝިއާ ވިއްސާރާގައި ބިންގަނޑު ކަނޑައިގެން ދިއުމުގެ ބޮޑު ހާދިސާއެއް: ހަތް މީހަކު މަރުވެ އެތައް ބަޔަކު ގެއްލިއްޖެ

އަހުމަދު ޝުރާއު

logo

1/24/2026, 4:12:24 PM

# އިންޑޮނޭޝިއާ

-

އިންޑޮނޭޝިއާއަށް ކުރަމުން އަންނަ ވިއްސާރާގައި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާއެއް ހިނގައި ހަތް މީހަކު މަރުވެ އެތައް ބަޔަކު ގެއްލިއްޖެ އެވެ.

Wamco

ރިޕޯޓުތައް ބުނާގޮތުގައި އެގައުމުގެ ހުޅަނގު ޖާވާ ޕްރޮވިންސްގެ ބަންޑުންގް ސަރަހައްދަށް މޫސުން ގޯސްވެ ބޯވިއްސާރައާއިއެކު ބިންގަނޑު ކަޑައިގެން ދިޔުމުގެ ބޮޑު ހާދިސާއެއް ވަނީ ހިނގާފައި އެވެ. އެގޮތުން މި ހާދިސާގައި މިހާތަނަށް 7 މީހަކު މަރުވެފައިވާއިރު އެތައް ބަޔަކު ގެއްލި އެމީހުން ހޯދުމުގެ މަސައްކަތްތައް ރެސްކިއު ޓީމުތަކުން މިހާރު އަންނަނީ ކުރަމުންނެވެ.

އިންޑޮނޭޝިއާގެ ޑިޒާސްޓާ މިޓިގޭޝަން އޭޖެންސީގެ ތަރުޖަމާން އަބްދުލް މުހާރީ ވިދާޅުވީ ގެއްލުނު މީހުންގެ އަދަދު ވަރަށް ގިނަ ކަމަށާއި ރެކްސިއު ޓީމުތަކުން މީހުން ހޯދުމުގެ މަސައްކަތް އެންމެ ފުރިހަމައަކަށް ކުރިޔަށް ގެންދިޔުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އިންޑޮނޭޝިއާގެ އަސްކަރިއްޔާ، ސަރަހައްދީ ޑިޒާސްޓާ މެނޭޖްމަންޓް އޭޖެންސީ، ވޮލަންޓިއަރުން އަދި އެ ސަރަހައްދުގެ އިތުރު ފަރާތްތައް ގުޅިގެން އިމަޖެންސީ ރެސްޕޮންސް މަސައްކަތްތަކުގައި ބައިވެރިވެ އެވެ.

އިންޑޮނޭޝިއާގެ ނޫހެއް ކަމަށްވާ ކޮމްޕާސް އިން ރިޕޯޓް ކޮށްފައިވާ ގޮތުގައި ހުޅަނގު ބަންޑުންގުގެ ޕަސިރްލަންގު ވިލެޖަށް ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާ ހިނގާފައިވަނީ ރޭ ދަންވަރު އެގައުމުގެ ގަޑިން 2:00 ހާއިރުއެވެ. އެގޮތުން ބުރަންގް ފަރުބަދަ ކަނޑައިގެން ގޮސް ފަރުބަދަ މަތިން ފޭބި ކިސަޑާއި، ފެނުގެ ސަބަބުން، އެ ސަރަހައްދުގެ ގާތްގަނޑަކަށް 30 ގެއަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ކޮމްޕާސްއިން ވަނީ ރިޕޯޓުކޮށްފައެވެ.

އިންޑޮނޭޝިއާގެ މޫސުމާ ބެހޭ އިދާރާ އިން ވަނީ ހުޅަނގު ޖާވާ ޕްރޮވިންސަށް ހުކުރު ދުވަހުން ފެށިގެން ހަފްތާއެއްގެ މުއްދަތަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށްފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC