logoEN
cocacola
އިންޑޮނޭޝިއާގެ ރަނުގެ މައިނެއްގައި ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން މަރުވި މީހުންގެ އަދަދު 23 އަށް!

އިންޑޮނޭޝިއާގެ ރަނުގެ މައިނެއްގައި ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން މަރުވި މީހުންގެ އަދަދު 23 އަށް!

އަހުމަދު ޝުރާއު

logo

7/9/2024, 2:30:11 PM

# އިންޑޮނޭޝިއާ

--

އިންޑޮނޭޝިއާގެ ރަނުގެ މައިނެއްގައި ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން ގިނަ ބަޔަކު މަރުވެއްޖެ އެވެ.

ގޮސިޔާ

އިންޑޮނީޝިއާގެ ސުލަވެސީގައި ގަވައިދާ ހިލާފަށް ހަދާފައިވާ ރަނުގެ މައިނެއްގައި ބިންގަނޑު ކަނޑައިގެން ގޮސް 23 މީހުން މަރުވެ، ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް އިންޑޮނޭޝިއާގެ ރެސްކިއު ވޯކަރުން ކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ވަނީ ބުނެފައި އެވެ.

އެގައުމުގެ މެދުތެރޭގެ ރަށެއްގައި ހިނގި މި ހާދިސާއާ ގުޅިގެން ރެސްކިއު އޮފިޝަލަކު މިއަދު ވިދާޅުވީ 35 މީހުން އަދިވެސް ގެއްލިފައިވާ ކަމަށާއި އެމީހުން ހޯދުމުގެ މަސައްކަތް ކުރިޔަށްދާ ކަމަށެވެ.

ވެރިރަށް ޖަކާޓާގެ އިރުން 2،000 ކިލޯމީޓަރު (1،200 މޭލު) ދުރުގައި އޮންނަ އެ ސަރަހައްދުގައި އެތައް ސަތޭކަ ރެސްކިއު ވޯކަރުންނާއި ރެސްކިއު ހެލިކޮޕްޓަރެއް ވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.

ގޯރޮންޓަލޯ ޕްރޮވިންސްގެ ބޯން ބޮލަންގޯ ޑިސްޓްރިކްޓްގެ ފަޅު އަވަށަކަށް ބިންގަނޑު ކަނޑައިގެން ގޮސްފައި މިވަނީ އާދީއްތަ ދުވަހު ބޯކޮށް ވާރޭ ވެހުމުގެ ސަބަބުންނެވެ.

ރެސްކިއު އެޖެންސީގެ އޮފިޝަލް އިޑާ ބާގަސް ނިޔޯމަން ގުރާ އަސްރާމާ އޭއެފްޕީ ނިއުސް އެޖެންސީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މި ހާދިސާގައި 66 މީހަކު ސަލާމަތްވެފައިވާ ކަމަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ