logoEN
PNC TOP 3
ވިސްނުންތެރިކަމާއެކު ވޯޓު ދެއްވާ، ރަށުގެ ތަރައްޤީ އިސްކުރައްވާ: ރައީސް

ވިސްނުންތެރިކަމާއެކު ވޯޓު ދެއްވާ، ރަށުގެ ތަރައްޤީ އިސްކުރައްވާ: ރައީސް

އަހުމަދު ޝުރާއު

logo

4/1/2026, 7:00:57 PM

# ރައީސް މުއިއްޒު

-

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި، ރަށްރަށަށް އަންނަން ހުރި ތަރައްޤީއާއި ދަރިންގެ މުސްތަޤުބަލަށްޓަކައި ސަރުކާރު ހިންގާ ޕީއެންސީގެ ކެންޑިޑޭޓުން ހޮވުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

PNC MID 2

ޕީއެންސީން މިރޭ ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ވޯޓު ދިނުމުގައި އެހެން ބައެއްގެ ނުފޫޒުގައި ޖެހުމުގެ ބަދަލުގައި، އަމިއްލަ ސިކުނޑިން ވިސްނައި ކަންކަން ނިންމަންޖެހޭ ކަމަށެވެ.

އަދި އާއިލީ ގުޅުމަށްވުރެ ބޮޑަށް، ރަށުގެ ތަރައްޤީއަށްޓަކައި ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމުގައި އެންމެ ބޮޑު އެއްބާރުލުމެއް ދޭނެ ބަޔަކީ ކޮބައިތޯ ބަލަންޖެހޭ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސްގެ ވާހަކަފުޅުގައި، ކުރިއަށް އޮތް ދެ އަހަރާއި ބައިގެ ތެރޭގައި ސަރުކާރުގެ މަޝްރޫޢުތައް ހަލުވިކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި، ސަރުކާރަށް އެއްބާރުލުންދޭނެ ކައުންސިލަރުން ތިބުމުގެ މުހިންމުކަން ބަޔާންކޮށްދެއްވިއެވެ. އެގޮތުން ރަށްރަށުގައި ސަރުކާރުން ކުރަން ބޭނުންވާ ކަންކަމަށް މަގުފަހިކޮށްދޭނެ ބަޔަކީ ޕީއެންސީގެ ކައުންސިލަރުން ކަމަށާއި، އެހެންކަމުން ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ޕީއެންސީގެ ހުރިހާ ކެންޑިޑޭޓުން ހޮވައިދެއްވުމަށް ރައީސް އެދިވަޑައިގެންނެވިއެވެ.

މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އިތުރުން، ޕީއެންސީގެ އިސްވެރިންނާއި ގިނަ އަދަދެއްގެ ސަޕޯޓަރުން ބައިވެރިވެފައިވެއެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC