
ރައީސްގެ ސްކޮލަޝިޕް: ބޭނުންވާ ކޮންމެ ރޮނގަކުން ކިޔެވުމުގެ ފުރުޞަތު ދޭގޮތަށް އުސޫލު ބަދަލުކޮށްފި
# ރައީސް މުއިއްޒު-
ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ސްކޮލަރޝިޕްގައި ތަޢުލީމު ޙާޞިލްކުރުމުގެ ފުރުޞަތު ލިބޭ ދަރިވަރުން، ބޭނުންވާ ކޮންމެ ރޮނގަކުން ކިޔެވުމުގެ ފުރުޞަތު ދޭގޮތަށް، އުޞޫލަށް ބަދަލު ގެނެސްފި އެވެ.

އާދީއްތަ ދުވަހުގެ ރޭ ހަޔާ އެޑިއުކޭޝަނުން ނެރުނު މަތީ ސާނަވީ އިމްތިޙާނުން އެއްވަނަ ދަރަޖައިގައި ފާސްވާ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދޭ ޚާއްޞަ ސްކޮލަރޝިޕްގެ އުސޫލުގައި ވަނީ، ރައީސްގެ ސްކޮލަޝިޕް ދޭނީ، އެ ވަގުތަށް މިނިސްޓްރީގައި ޝާއިއުކޮށްފައިވާ "ޓްރެއިނިން ނީޑްސް ރިކުއަޔާމަންޓް ލިސްޓުގައި" ހިމެނޭ ދާއިރާތަކުން އެކަނި ކަމަށް ކަނޑައަޅާފައެވެ.
ނަމަވެސް އެކަމާއި ގުޅިގެން ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. މިއާއިއެކު މިރޭ ސަރުކާރުން ވަނީ އުސޫލަކަށް ބަދަލުގެނެސް އައު އުސޫލުގެ ދަށުން، ދަރިވަރުން ކިޔަވަން ބޭނުން ކޮންމެ ދާއިރާއެއްގައި ކިޔެވުމުގެ ފުރުސަތު ދޭގޮތަށް އުސޫލު ބަދަލުކޮށްފައެވެ.
އެ އުސޫލުގެ ދަށުން ސްކޮލާޝިފް ފުރުސަތު ދެނީ، މަތީ ސާނަވީ އިމްތިހާނަކުން އެއްވަނަ ދަރަޖައިގައި ފާސްވެފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ކަނޑައަޅާ ދެ ނަތީޖާއިން ކުރެ ނަތީޖާއެއް ހޯދައިފައިވާ ދަރިވަރުންނަށެވެ. އެއީ މަތީ ސާނަވީ އިމްތިހާނުގައި ބައިވެރިވި އޭލެވެލް ނުވަނަ އެއާ އެއް ފެންވަރުގެ އިމްތިހާނެއްގެ ތިން މާއްދާއިން އޭ ސްޓާ ގުރޭޑު ހާސިލުކޮށްފައިވުން ނުވަތަ ޝަހާދާ ސާނަވިއްޔާ އިމްތިހާނުގައި ކިޔެވި ސްޓްރީމްގައި ކިޔަވަން ޖެހޭ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ކަނޑައަޅައިފައިވާ ހުރިހާ މާއްދާއަކުން އޭ ސްޓާ ލިބިފައިވުމާއެކު އެޗްއެސްސީގެ ދިވެހި މާއްދާއިން އޭ ސްޓާ ހާސިލުވެފައިވުމެވެ.
އާދީއްތަ ދުވަހުގެ ރޭ ސަރުކާރުން ނެރުނު އުސޫލުގައި ވަނީ މަތީ ސާނަވީ އިމްތިހާނު ފުރިހަމަކުރާ ދަރިވަރުންގެ ތެރެއިން ހައި އެޗީވާސް ސްކޯލާޝިޕް ދޭ އުސޫލަށް ވެސް ބަދަލެއް ގެނެސްފައެވެ. އެގޮތުން، އެގޮތުން ހަޔާ އެޗީވާސް ސްކޯލާޝިޕް ދެން ލިބޭނީ އޭލެވެލްއިން މަދުވެގެން އެއް މާއްދާއިން 'އޭ ސްޓާ' ހޯދުމުން ކަމަށް، އުސޫލުގައި ކަނޑައަޅައިފައިވެއެވެ.
ގުޅުންހުރި

ރައީސްގެ ސްކޮލަޝިޕް: ބޭނުންވާ ކޮންމެ ރޮނގަކުން ކިޔެވުމުގެ ފުރުޞަތު ދޭގޮތަށް އުސޫލު ބަދަލުކޮށްފި

ބީއެމްއެލް އެފޯޑަބަލް ހައުސިންގ މަޝްރޫއުގެ 1190 ހައުސިން ޔުނިޓުގެ މަސައްކަތް ބީޔޫސީޖީއާއި ހަވާލުކޮށް އަމަލީ މަސައްކަތް ފަށައިފި

އެއް ދުވަހެއްގައި ދެ އިންތިހާބު ބޭއްވުމުން އިންސާފުވެރި މިނިވަން އިންތިހާބަކަށް ފުރުސަަތު ބޮޑުވޭ - ރައީސް

.gif&w=3840&q=75)



