logoEN
PNC TOP 3
ބީއެމްއެލް ހިއްސާގެ ފައިދާ އަހަރީ އާންމު ޖަލްސާގައި ބަހަން ނިންމައިފި

ބީއެމްއެލް ހިއްސާގެ ފައިދާ އަހަރީ އާންމު ޖަލްސާގައި ބަހަން ނިންމައިފި

# ބޭންކް އޮފް މޯލްޑިވްސް

ބޭންކް އޮފް މޯލްޑިވްސް

ހިއްސާގެ ފައިދާގެ ގޮތުގައި މިހާތަނަށް ދެވޭ އެންމެ ބޮޑު ފައިދާ ބެހުމަށް އަހަރީ އާންމު ޖަލްސާއަށް ހުށަހެޅުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޑިރެކްޓަރުންގެ ބޯޑުން ނިންމައިފި އެވެ.

PNC MID 2

ބީއެމްއެލުން ބުނީ މިދިޔަ އަހަރު ބީއެމްއެލްއަށް ލިބުނު މާލީ ކުރިއެރުމާއިއެކު ހިއްސާއަކަށް 60 ރުފިޔާ ބެހުމަށް ހުށަހަޅަން ބީއެމްއެލް ޑިރެކްޓަރުންގެ ބޯޑުން ނިންމައިފައިވާ ކަމަށެވެ.

ބީއެމްއެލުން ބުނީ ހިއްސާގެ ފައިދާގެ ގޮތުގައި ޖުމްލަ 322,915,200 (ތިންސަތޭކަ ބާވީސް މިލިއަން، ނުވަލައްކަ ފަނަރަހާސް، ދުއިސައްތަ) ރުފިޔާ ބެހުމަށް ހުށަޅާނެ ކަމަށެވެ. އަދި ހިއްސާގެ ފައިދާ ގޮތުގައި ބަހާނެ އަދަދު ފާސްކުރާނީ އަހަރީ އާންމު ޖަލްސާގައި ކަމަށްވެސް އެ އިދާރާއިން ބުންޏެވެ.

މީގެ އިތުރުން ބީއެމްއެލުން ބުނީ މިހާރު ތިބި ހިއްސާދާރުންނަށް ކޮންމެ ހިއްސާއަކަށް ބޯނަސް ހިއްސާގެ ގޮތުގައި އިތުރު ދެ ހިއްސާ ދިނުމަށްވެސް ބޯޑުން ހުށަހަޅާފައިވާ ކަމަށެވެ.

މިގޮތަށް ބޯނަސް ހިއްސާ ދޫކުރުމަށްފަހު، 50 ރުފިޔާގެ މޫނު މަތީ ހިއްސާގެ ބުކް ވެލިއު އަކަށް ވާނީ 1015.90 ރުފިޔާ ކަމަށް ބީއެމްއެލުން ބުންޏެވެ. އެހެންކަމުން މިއަހަރު ކޮންމެ ހިއްސާއަކަށް މިދެވެނީ ޖުމްލަ 2091.80 ރުފިޔާގެ ނަފާއެއް ކަމަށްވެސް އެ އިދާރާއިން ފާހަގަކުރެ އެވެ.

ބީއެމްއެލުން ބުނީ ބޯނަސް ހިއްސާ ދޫކުރުމަށް ހުށަހަޅާ މައިގަނޑު ސަބަބަކީ ބޭންކުގެ މާކެޓް ކެޕިޓަލައިޒޭޝަން އިތުރުކޮށް ހިއްސާދާރުންނަށް ލިބޭ ނަފާ އިތުރު ކުރުމާއި، ރާއްޖޭގެ ހިއްސާގެ ބާޒާރު އިތުރަށް ފުޅާކުރުމަށް އެހީތެރިވުން ކަމަށެވެ. އަދި މިގޮތަށް ހުށަހަޅާފައިވާ ހިއްސާގެ ފައިދާ ލިބޭނީ "ބުކް ކްލޯޝަރ ޑޭޓް" ނުވަތަ ހިއްސާދާރުންގެ ދަފުތަރު ބަންދުކުރާ ތާރީހާ ހަމައަށް ބޭންކުގެ ހިއްސާދާރުންގެ ރަޖިސްޓްރީގައި ހިމެނޭ ފަރާތްތަކަކަށް ކަމަށް އެ އިދާރާއިން ފާހަގަކުރެ އެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC