
ބީއެމްއެލް ބްރާންޗްއެއް
މި އަހަރުގެ ރޯދަމަހު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހިދުމަތްދޭ ގަޑިތައް އާންމުކޮށްފި އެވެ.

ބީއެމްއެލްއިން ބުނީ ރޯދަމަހުގައި ހުޅުވާފައި ހުންނާނީ، ހެނދުނު 09:30 މެންދުުރު 12:30އާ ހަމައަށް ކަމަށެވެ. މާދަމާއަކީ ރޯދަ މަހުގެ ފުރަތަމަ ދުވަހުގެ ގޮތުގައި ކަނޑައަޅާފައިވާއިރު، މާދަމާ ބޭންކް ބަންދުވާނެ ކަމަށް ބީއެމްއެލްއިން ވަނީ ބުނެފައެވެ.
ބީއެމްއެލުން ބުނީ ރޯދަމަހުގެ މި ވަގުތުތަކުގައި ބޭންކް ހުޅުވި ނަމަވެސް ބޭންކްގެ ހުރިހާ ހިދުމަތްތައް އޮންލައިންކޮށް ލިބޭނެ ކަމަށެވެ. އަދި ރާއްޖޭގެ ހިސާބުތަކުގައި ގާއިމްކޮށްފައިވާ ސެލްފް ސާވިސް ބޭންކިންގް ސެންޓަރުތައް މެދުވެރިކޮށް ޖަމާކުރުމާއި، ފައިސާ ނެގުމާއި، ފައިސާ ފޮނުވުމުގެ ހިދުމަތް 24 ގަޑިއިރު ލިބޭނެ ކަމަށެވެ.
މީގެއިތުރުން ބީއެމްއެލުން ބުނީ ރަށްރަށުގައި ގާއިމްކޮށްފައިވާ ކޭޝް އެޖެންޓުން މެދުވެރިކޮށް އަސާސީ ބޭންކިންގް ހިދުމަތްތައްވެސް މި ރޯދަމަހު ކަސްޓަމަރުންނަށް ލިބޭނެ ކަމަށެވެ.
ރޯދަމަހުގެ ފަހު ދިހައިގައި ބޭންކްގެ ބްރާންޗްތަކާއި ސާވިސް ސެންޓަރުތައް ހުޅުވާނެ ދުވަސްތައް ފަހުން އިއުލާންކުރާނެ ކަމަށް ބީއެމްއެލުން ވަނީ ބުނެފައެވެ.
ގުޅުންހުރި

ބީއެމްއެލްގެ ކޯ ބޭންކިންގް ނިޒާމު ފިނަސްޓްރާގެ އެހީގެ ޒަމާނީ ކުރަނީ

ބޭންކިންގ ޚިދުމަތްތަކަށް އެހީތެރިވާން ބީއެމްއެލްގެ ޓީމު މާދަމާ މާލެއާއި ހުޅުމާލޭގެ ދެ ސަރަހައްދެއްގައި!

ކިޔެވުމަށް ދޫކުރާ ޑޮލަރު ލޯން ސްކީމް ބީއެމްއެލްއިން ތައާރަފުކޮށްފި




