logoEN
PNC TOP 3
ރަސްމާލެއިން ގޯއްޗަށް އެދި ހުށައެޅުމަށް ހުޅުވާލައިފި

ރަސްމާލެއިން ގޯއްޗަށް އެދި ހުށައެޅުމަށް ހުޅުވާލައިފި

އަހުމަދު ޝުރާއު

logo

4/1/2026, 5:03:02 PM

# ރަސްމާލެ

-

ބިންވެރިޔާ ސްކީމްގެ ދަށުން ގޯއްޗަށް އެދި ހުށައެޅުމަށް މިއަދުން ފެށިގެން ހުޅުވާލައިފިއެވެ.

PNC MID 2

އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން މިފުރުސަތު ހުޅުވާލީ މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ. އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން ކޮށްފައިވާ އިޢުލާނެއްގައި ބުނީ މިއަހަރުގެ މާރިޗު މަހުގެ ގެޒެޓުކޮށްފައިވާ ބިންވެރިޔާ ސްކީމްގެ އުސޫލުގެ ދަށުން ގޯއްޗަށް އެދި ހުށައެޅުމަށް ހުޅުވާލާކަމަށެވެ. އެގޮތުން އެޕްރީލް މަހުގެ 1 ވަނަ ދުވަހުން ފެށިގެން 30 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާ މިފުރުސަތުގައި ދޫކުރުމަށް ހަމަޖެހިފައިވަނީ ރަސްމާލެއިން ދޫކުރާ 1250 އަކަފޫޓުގެ ގޯތިތަކަށްކަމަށް އެވުޒާރާގެ އިއުލާނުގައި ވަނީ ބުނެފައި އެވެ.

މިއުސޫލުގެ ދަށުން ގޯތި ދޫކުރުމަށް ހަމަޖެހިފައިވާ މައި ކެޓަގަރީތަކުގެ ތެރޭގައި ޖޮއިންޓް އެޕްލިކޭޝަން ހުށައަޅައިގެން ގޯތި ލިބިފައިވާ ފަރާތްތަކާއި، ސަރުކާރުން ހިންގާފައިވާ އަސާސީ ބޯހިޔާވަހިކަމުގެ ސްކީމަކުން ފްލެޓެއް ލިބިފައި އޮވެގެން ބިންވެރިޔާ ސްކީމަށް ކުރިމަތި ނުލެވުނު ފަރާތްތަކެވެ.

މިއުސޫލުގެ ދަށުން އެޕްލިކޭޝަން ހުށައަޅުއްވާނީ boahiyaavahikan.housing.gov.mv ޕޯޓަލް މެދުވެރިކޮށްކަމަށް އެވުޒާރާއިން ވިދާޅުވެއެވެ. މިއުސޫލުގެ ދަށުން ގޯއްޗަށް އެދި ހުށައަޅާއިރު ބޭނުންވާ ލިޔެކިޔުންތަކާއި ގުޅޭ މަޢުލޫމާތުވަނީ ގެޒެޓުގައި ޝާޢިއުކޮށްފައެވެ.

އެގޮތުން ކައިވެނިކޮށްގެން އުޅޭ ފަރާތެއްނަމަ ކައިވެނީގެ ސެޓްފިކެޓާއި އަމިއްލަ ނަމުގައި ފްލެޓެއް ނުވަތަ ބިމެއް އޮތްނަމަ ބިމުގެ ނުވަތަ ފްލެޓުގެ ރަޖިސްޓްރީއާއި، ޙައްޤުތަކާއި ގުޅޭ އިޤްރާރާއި، އުފަންވީއްސުރެ މާލޭގައި އުޅޭކަން ނުވަތަ ފަހުން މާލޭގައި ރަށްވެހިވެފައިވާ ފަރާތެއްނަމ،ަ ފަހުން މާލޭގައި ރަށްވެހިވިއިރ،ު ފުރަތަމަ ރަށްވެހިވި މާލޭގެ އެޑުރެހެއްގައި ރަށްވެހިވި ތާރީޚާއި އެ ތާރީޚް އަންގައިދޭ ރަށްވެހިންގެ ރަޖިސްޓަރީ ފަދަ ލިޔުންތައް ހިމެނެއެވެ.

ރަސްމާލެ މަޝްރޫޢަކީ ބޯހިޔާވަހިކަމުގެ ދާއިރާއިން މާލެ ސަރަޙައްދަށް މިސަރުކާރުގެ އެންމެ ބޮޑު އެއް ތަޞައްވުރެއެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC