
-
ރަސްމާލެއިން 15،000 ގޯތި ދޫކުރަން ނިންމާފައިވާ ކަމަށާއި އެގޯތިތަކަށް ކުރިމަތިލުމަށް ވަރަށް އަވަހަށް ހުޅުވާލައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިކަން ހާމަކުރެއްވީ ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި އެވެ.
އެގޮތުން ކުރިއަށް އޮތް މަހުގެތެރޭގައި ރަސްމާލެ ހިއްކުމުގެ ސްޕީޑް 3 ގުނަ އިތުރުކުރައްވާނެ ކަމަށާއި މިމަޝްރޫޢުގެ ސްޕީޑް އަވަސްކުރުމަށް އިތުރު ޑްރެޖަރުތައް ގެނައުމަށް އެގްރިމަންޓްކޮށް ފައިސާވެސް ދައްކާފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އަދި މި މަޝްރޫޢަކީ މާލެ ސަރަޙައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ޙައްލު ގެނުވާނެ މަސައްކަތެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ކުރިއަށް އޮތް 5 މަސްތެރޭ އެ ބިމުން 15000 ގޯތި ދެވޭ މިންވަރަށް ހިއްކާނެކަމަށާއި އެ ގޯތިތަކަށް ކުރިމަތިލުމަށް ވަރަށް އަވަހަށް ހުޅުވާލާނެކަމަށެވެ.
މިކަމުގެ ތަފްސީލްތައް ވަރަށް އަވަހަށް ހާމަކުރައްވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ބޯހިޔާވަހިކަން ދޭނީ އެންމެ ބޭނުންޖެހިފައިވާ އަދި "އާއިލީ ބޯހިޔާވަހިކަން"ގެ ކޮންސެޕްޓަށްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެންމެ ފުރަތަމަ ހުޅުވާލާނީ މާލޭގެ ރައްޔިތުންނާއި މާލެ ސަރަޙައްދުގައި ދިގު މުއްދަތަކަށް ދިރިއުޅެފައިވާ މީހުންނަށް ޚާއްސަ ކެޓަގަރީތަކުން ގޯއްޗަށް ކުރިމަތިލާންކަމަށެވެ.
"ރަސްމާލެ ވެގެންދަނީ މާލެ މިހާތަނަށް ރާއްޖޭގައިވެސް ހިންގާ ބިން ހިއްކުމުގެ އެންމެ ބޮޑު މަޝްރޫޢަށް." ރައީސް ވިދާޅުވިއެވެ.
ރަސްމާލެއަކީ ބިމުގެ ބޮޑު މިނަށް ބަލާނަމަ ހުޅުމާލެ ފޭސް 2 ހިމެނޭހެން، މިއަދު މިއޮތް ހުޅުމާލޭގެ ތިންގުނަ ބޮޑު ސިޓީއެކެވެ.
މި މަޝްރޫއު ނިމިގެންދާއިރު މާލެ ސަރަހައްދުގައި ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ބޮޑު މައްސަލައަށް ވަށާޖެހޭ ދާއިމީ ހައްލެއް ލިބިގެންދާނެއެވެ. ގެދޮރުވެރިކަމުގެ އިތުރުން، ފުށިދިއްގަރުފަޅު ޕްލޭންކޮށް ތަރައްގީ ކުރެވިގެންދާނީ ވިޔަފާރިތަކަށާއި އިންޑަސްޓްރިއަލް އެކި ބޭނުންތަކަށް އަދި ޓޫރިޒަމްގެ އެކި ބާވަތްތައް ވެސް ހިމަނައިގެންނެވެ.
ގުޅުންހުރި

ރަސްމާލެއިންދޭ 15،000 ގޯތީގެ އުސޫލު އަންނަ ހަފްތާގައި އާއްމުކުރަނީ

ރަސްމާލެއިން 15،000 ގޯތި ދޫކުރާނަން، ކުރިމަތިލުމަށް ވަރަށް އަވަހަށް ހުޅުވާލާނެ - ރައީސް

ރަސްމާލެ ޑިޒައިންކޮށް ޑީޓެއިލް މާސްޓަރ ޕްލޭނެއް ތައްޔާރުކުރުމަށް ކޮންސަލްޓަންސީދޭނެ ފަރާތެއް ހޯދަނީ





