
ގަވާއިދާ ހިލާފަށް ވަޒީފާ އަދާކުރާ ބިދޭސީން ލީގަލައިޒް ކުރުމަށް ފަހު ފުރުސަތެއް!
# މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ-
ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ތެރެއިން ހުއްދައެއް ނެތި، ނުވަތަ ހުއްދައެއް އޮތްނަމަވެސް ހުއްދައިގެ މުއްދަތު ހަމަވެފައިވާ ބިދޭސީން ނުވަތަ ކާކުކަން އަންގައިދޭ ޞައްޙަ ލިޔުމެއް ނެތި އުޅޭ ބިދޭސީންނަށް އަމާޒުކޮށްގެން ހިންގާ ލީގަލައިޒްކުރުމާ ގުޅޭ ޕްރޮގްރާމްގެ ސުންގަޑި އިތުރުކޮށްފި އެވެ.

ހޯމްލޭންޑް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ތެރެއިން، ވަޒީފާ އަދާކުރުމުގެ ހުއްދަ ނެތް ފަރާތްތަކާއި، ހުއްދައިގެ މުއްދަތު ހަމަވެފައިވާ ފަރާތްތަކުގެ އިތުރުން، ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއް ނެތް ބިދޭސީންނަށް އަމާޒުކޮށް "އޮޕަރޭޝަން ކުރަނގީ" ގެ ދަށުން އެ މިނިސްޓްރީއިން ކުރިއަށްގެންދާ "މާސް ލީގަލައިޒޭޝަން ޕްރޮގްރާމް" ގެ މުއްދަތު، ގިނަ ވަޒީފާދޭ ފަރާތްތަކެއްގެ އެދުމުގެ މަތިން 2026 މެއި 02 ގެ ނިޔަލަށް އިތުރުކުރެވިފައިވާކަމަށެވެ.
އަދި މިއީ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނަށް ގަވާއިދުގެ ތެރެއަށް ވަނުމަށް ދެވޭނެ އެންމެ ފަހުގެ ފުރުސަތު ކަމާއި، މި މުއްދަތުގެ ފަހުން އިތުރު ފުރުސަތެއް ނުދެވޭނެކަމުގައި މިނިސްޓްރީގެ އިއުލާނުގައި ވަނީ ބުނެފައި އެވެ.
މިކަމާއި ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 1485 ގުޅުއްވައި ނުވަތަ އަށް އީމެއިލް ކުރެއްވުމުން ލިބިވަޑައިގަންނަވާނެ އެވެ.
މިނިސްޓްރީން ބުނީ މި ޕްރޮގްރާމްގެ މައިގަނޑު މަގްސަދަކީ، ރާއްޖޭގައި ހުއްދައެއް ނެތި، ނުވަތަ ހުއްދައިގެ މުއްދަތު ހަމަވެފައިވާ، އަދި ކާކުކަން އަންގައިދޭ ޞައްޙަ ލިޔުމެއް ނެތި އުޅޭ ބިދޭސީންނަށް ސައްހަ ވޯކް ޕާމިޓެއް ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުން ކަމަށެވެ. މި ޕްރޮގްރާމަކީ، ”އޮޕަރޭޝަން ކުރަނގީ“ ގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ.
މިނިސްޓްރީން މީގެ ކުރީން އާންމު ކުރި މައުލޫމާތުތަކުގައި ބުނެފައި ވަނީ ލީގަލައިޒްވުމަށް ހަމަޖެހިފައިވާ ޝަރުތުތައް އެ ބިދޭސީއަކު ފުރިހަމަވާން ޖެހޭނެކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ވޯކް ޕަރމިޓްގެ މުއްދަތު ހަމަވެފައިވުމާއި، އެއްވެސް ސަބަބަކާއި ހުރެ ބްލެކްލިސްޓްކޮށްފައިވާ ބިދޭސީއެއް ކަމުގައިނުވުން އަދި ދިވެވެހިރާއްޖޭގައި މިވަގުތު ހުރި ބިދޭސީއެއް ކަމުގައިވުމާއި، ބިދޭސީ ފަރާތް ލީގަލައިޒް ކުރަން އެދޭ ވަޒީފާދޭ ފަރާތަކީ، އެންމެ ފަހުން ވޯކް ޕާމިޓް ދޫކޮށްފައިވާ ވަޒީފާދޭ ފަރާތަށް ނުވުމެވެ.
މީގެއިތުރުން އެއީ ވަޒީފާ އަދާކުރުމުގެ ހުއްދައެއްގެ ދަށުން ރާއްޖެ އެތެރެވެފައިވާ ބިދޭސީއަކު ކަމުގައިވުމާއި، އެއް ފަހަރު ލީގަލައިޒްވެފައިވާ ބިދޭސީއެއް ކަމުގައިނުވުން ޝަރުތުތަކުގެ ތެރޭގައި ހިމެނެ އެވެ. އަދި 2025 ޑިސެމްބަރު 31 ވަނަ ދުވަހުގެ ކުރިން، ވަޒީފާދޭ ފަރާތުން ފިލާފައިވާކަމަށް ނުވަތަ ގެއްލިފައިވާކަމަށް އެކްސްޕެޓް ސިސްޓަމްގައި ރިޕޯޓްކޮށްފައިވާ ބިދޭސީއެއް ކަމުގައިވާން ޖެހެ އެވެ.
މިނިސްޓްރީން ބުނީ ވަޒީފާ ދޭނެ ފަރާތެއް ހުރެ، ލީގަލައިޒް ވާން އެދޭ ބިދޭސީން ލީގަލައިޒްކުރުމަށް ހުށަހަޅާނީ، ”އެކްސްޕެޓް ސިސްޓަމް“ މެދުވެރިކޮށް، ވަޒީފާދޭ ފަރާތުން ކަމަށެވެ. އެގޮތުން، ލީގަލައިޒްކުރުމަށް ސިސްޓަމް މެދުވެރިކޮށް ހުށަހަޅާނެ ގޮތުގެ ޔޫޒަރ ގައިޑް އެކްސްޕެޓް ސިސްޓަމް ހޯމް ޕޭޖަށް އަޕްޑޭޓް ކުރާނެކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ގުޅުންހުރި
-1779106417162.webp&w=3840&q=75)
ލީޑަރޝިޕް ޕްރޮގްރާމުގެ ސަބަބުން ޖޮއިންޓް އޮޕަރޭޝަންތައް ހިންގުމަށް ލުއިފަސޭހަތަކެއް ލިބިގެންދާނެ - އިހްސާން

ހޯމް ޓީމް އެޑްވާންސްޑް ލީޑަރޝިޕް ޕްރޮގްރާމް 2 ނިންމާލައިފި

ދައުރު ނިމިގެންދާނީ ބިދޭސީ މަސައްކަތްތެރިންގެ ކަންކަން އެންމެ ރަނގަޅަށް ކުރާ ޤައުމުތަކުގެ ތެރޭގައި ރާއްޖެވެސް ހިމެނިގެން - އިހްސާން
-1778596307988.webp&w=3840&q=75)



