logoEN
PNC TOP 3
ސްޓޫޑެންޓު ލޯނަށް އެދި ހުށަހަޅަން ހުޅުވާލައިިފި: އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއެއް ނެތި މުޅި އަހަރަށް ފުރުޞަތުތައް ހުޅުވާލެވިފައި!

ސްޓޫޑެންޓު ލޯނަށް އެދި ހުށަހަޅަން ހުޅުވާލައިިފި: އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއެއް ނެތި މުޅި އަހަރަށް ފުރުޞަތުތައް ހުޅުވާލެވިފައި!

އަހުމަދު ޝުރާއު

logo

4/1/2026, 10:22:48 AM

# ސްޓޫޑެންޓް ލޯން

-

ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީތަޢުލީމާއި ތަމްރީނު ހޯދުމަށް ލޯނަށް އެދި ހުށަހެޅުމުގެ ފުރުޞަތުތައް މިއަދު ހުޅުވާލައި އިޢުލާންކޮށްފި އެވެ.

PNC MID 2

މި ސްކީމްގެ ދަށުން، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ފެންވަރު 5 ން ފެށިގެން ފެންވަރު 10 ގެ ނިޔަލަށް ހުރި ޕުރޮގުރާމްތަކެވެ. އަދި، އޭގެ އިތުރަށް ޕްރޮފެޝަނަލް ލައިސަންސް ޕުރޮގުރާމުތަކާއި، މެޑިކަލް ސްޕެޝަލައިޒޭޝަނާއި، މެޑިކަލް ދާއިރާ ފެލޯޝިޕް ޕުރޮގުރާމުތައް ފުރިހަމަކުރުމަށް ލޯނުގެ ފުރުޞަތުތައް ވަނީ ހުޅުވާލާފައިވެއެވެ.

ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީތަޢުލީމާއި ތަމްރީނު ހޯދުމަށް ލޯނަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުމަށް ބޭއްވުނު ރަސްމިއްޔާތުގައި، މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާގެ ވަޒީރު، ޑރ. ޢަލީ ޙައިދަރު އަޙްމަދު ވަނީ މި އަހަރުގެ ލޯނު ސްކީމަށް އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއެއް ނެތި މުޅި އަހަރަށް ފުރުޞަތުތައް ހުޅުވާލެވިފައިވާކަން ފާހަގަކުރައްވާފައި އެވެ.

ވަޒީރު އިތުރަށް ވިދާޅުވީ ޝަރުޠު ހަމަވާ ހުރިހާ ދަރިވަރުންނަށް ލޯނު ލިބޭނެ ފުރުޞަތު ޤާއިމުކުރެވިގެންދާނެކަމަށެވެ.

މި ސްކީމްގެ ދަށުން ދަރިވަރުންނަށް ދޫކުރާ ލޯނުތަކަށް ފާއިތުވީ އަހަރުތަކުގައި އިތުރުކުރަމުން ގެންދިޔަ، އެޑްމިނިސްޓްރޭޓިވް ޗާޖު ނުވަތަ ކޮމިޝަން އެއްކޮށް ކަނޑުއްވާލައްވައި،"ޝަރީޢާ ކޮންޕްލައަންޓް" ލޯނުތަކެއް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން، ދަރިވަރުންނަށް ލޯނުގެ ގޮތުގައި ދޫކުރާ ފައިސާގެ އިތުރުން އެއްވެސް ފައިސާއެއް ދައްކަން ނުޖެހޭނެ އިންތިޒާމެއް ވަނީ ޤާއިމްކުރެވިފައެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC