
-
މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުވެރިކަން ތަރައްޤީކުރުމާއި ބެހޭ ވުޒާރާގެ ފަރާތުން ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމާއި ތަމްރީނު ހޯދުމަށް ދޫކުރެވިފައިވާ ލޯނުތަކާއި ގުޅޭ ތަފާސް ހިސާބުތައް ޝާއިއުކޮށްފިއެވެ.

އެވުޒާރާއިން މިއަދު އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު މިހާތަނަށް ސްޓޫޑަންޓް ލޯނު ސްކީމްތަކުގެ ދަށުން، 1،151 ދަރިވަރުން މަތީ ތަޢުލީމު ހާޞިލުކޮށްފައިވާއިރު، ޖުމްލަ 863 ދަރިވަރުން ވަނީ ދަސްވެނިވެފައެވެ.
އަދި 2025 ވަނަ އަހަރުގެ ތަފާސް ހިސާބުތަކަށް ބަލާލައިލާއިރު، މި ޖުލައި މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް 247 ދަރިވަރުންނަށް ވަނީ މަތީ ތަޢުލީމު ހާޞިލުކުރުމަށް ލޯނު ވަނީ ދޫކޮށްފައި އެވެ.
އަދި މި ވަގުތު ސްޓޫޑަންޓް ލޯން ސްކީމްތަކުގެ ދަށުން މުޅި ޖުމްލަ 1،642 ދަރިވަރުން ދަނީ ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމާއި ތަމްރީނު ހާޞިލުކުރަމުންނެވެ. މި ދަރިވަރުންގެ ތެރެއިން، 978 ދަރިވަރުންނަކީ އަންހެން ދަރިވަރުންނެވެ. އަދި 664 ދަރިވަރުންނަކީ ފިރިހެން ދަރިވަރުންނެވެ.
މިހާތަނަށް ސްޓޫޑަންޓް ލޯނު ސްކީމްތަކުގެ ދަށުން، ޖުމްލަ 982،739،621.43 ރުފިޔާ ވަނީ ދަރިވަރުންނަށް ދޫކުރެވިފައިވާކަމަށް ވުޒާރާގެ ތަފާސްހިސާބުތަކުން ހާމަވެފައިވާއިރު 2025 ވަނަ އަހަރަށް ބަލާއިރު، ޖުމްލަ 282،369،322.43 ރުފިޔާ ވަނީ ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމާއި ތަމްރީނު ހާޞިލުކުރުމަށް ދޫކުރެވިފައެވެ.
ގުޅުންހުރި

ސްޓޫޑެންޓު ލޯނަށް އެދި ހުށަހަޅަން ހުޅުވާލައިިފި: އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއެއް ނެތި މުޅި އަހަރަށް ފުރުޞަތުތައް ހުޅުވާލެވިފައި!

ސްޓޫޑެންޓު ލޯނުގައި ކިޔަވަމުންދާ ދަރިވަރުންގެ އަަދަދު 1،642 ގައި!

ސްޓޫޑެންޓް ލޯނަށް ޝަރުތު ހަމަވާ ދަރިވަރުންގެ ލިސްޓް މާދަމާ އިއުލާން ކުރަނީ

.gif&w=3840&q=75)



