
ސްޓޫޑެންޓް ލޯނަށް ޝަރުތު ހަމަވާ ދަރިވަރުންގެ ލިސްޓް މާދަމާ އިއުލާން ކުރަނީ
# މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާ# ސްޓޫޑެންޓް ލޯން--
ސަރުކާރުން ދޫކުރާ ސްޓޫޑެންޓް ލޯނަށް ހޮވުނު ފަރާތްތަކުގެ ލިސްޓް މާދަމާ އިއުލާން ކުރާނެ ކަމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ބުނީ, މިއަހަރު ލޯނަށް ކުރިމަތިލި 1،709 ފަރާތްތަކުގެ ތެރެއިން ލޯނަށް ހޮވޭ ދަރިވަރުންގެ ލިސްޓް މާދަމާ އިއުލާން ކުރައްވާނެ ކަމަށެވެ.
މި ލޯނަށް ހޮވޭ ދަރިވަރުންނަށް ވުޒާރާގެ ޕޯޓަލްއިން ބަލާލެވޭނެ ކަމަށާއި, އަދި އެޕްލިކޭޝަންގެ "ސްޓޭޓަސް"އަށް އައި ބަދަލުތައް ބަލާލެވޭނެ ކަމަށެވެ. މީގެ އިތުރުންވެސް ލޯނަށް ނުހޮވޭ ދަރިވަރުން, ނުހޮވުނު ސަބަބުވެސް ޕޯޓަލް އިން ބަލާލެވޭނެ ކަމަށް އެވުޒާރާއިން ބުނެއެވެ. މީގެ އިތުރުންވެސް ލޯނަށް ޝަރުތު ހަމަނުވާކަމަށް އެވުޒާރާއިން ނިންމާ ފަރާތްތަކަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތުވެސް ހުޅުވާލެވޭނެ ކަމަށް އެވުޒާރާާއިން ބުނެއެވެ.
މި އަހަރު ސްޓޫޑެންޓް ލޯނަށް އެދި ހުށައެޅި ދަރިވަރުންގެ ތެރެއިން ޝަރުތުހަމަވާ ހުރިހާ ދަރިވަރުންނަށް ލޯން ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.
ގުޅުންހުރި

ސްޓޫޑެންޓު ލޯނަށް އެދި ހުށަހަޅަން ހުޅުވާލައިިފި: އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއެއް ނެތި މުޅި އަހަރަށް ފުރުޞަތުތައް ހުޅުވާލެވިފައި!

ސްޓޫޑެންޓު ލޯނުގައި ކިޔަވަމުންދާ ދަރިވަރުންގެ އަަދަދު 1،642 ގައި!

ޚިދުމަތުން ދުރައްދާންޖެހިފައިވާ ޚިދުމަތްތެރިން އަނބުރާ ޚިދުމަތަށް ގެނައުމާއި ގުޅޭ ދަފްތަރެއް އެކުލަވާލަނީ

.gif&w=3840&q=75)



