logoEN
PNC TOP 3
ޅ ކަނުހުރާ ބޭރުގައި ދޮށީ ކަނދުފަތި އަޅައިފި

ޅ ކަނުހުރާ ބޭރުގައި ދޮށީ ކަނދުފަތި އަޅައިފި

އަހުމަދު ޝުރާއު

logo

3/31/2026, 5:08:13 PM

# ފިޝަރީޒް މިނިސްޓްރީ

-

ޅ. ކަނުހުރާގެ ބޭރުގައި ދޮށީ ކަނދުފަތި އަޅައިފިއެވެ.

PNC MID 2

ފިޝަރީޒް މިނިސްޓްރީން މިއަދު ބުނީޅ.ކަނުހުރާގެ އިރު އުތުރުން 15 މޭލު ބޭރުގައި ދޮށީ ކަނދުފައްޗެއް ގާއިމްކޮށްފައިވާ ކަމަށެވެ.

އެގޮތުން މި ވަދު ކަނދުފަތީގެ ނަންބަރަކީ E10D02 އެވެ. އަދި މި ވަދު ކަނދުފަތި އަޅާފައިވާ ލޮކޭޝަނަކީ 05°39.800’N އަދި 43.100 73°’E އެވެ.

މިނިސްޓްރީން ބުނީ މި ދޮށީ ކަނދުފަތި ޤާއިމްކުރުމުގެ ސަބަބުން އެ ސަރަޙައްދުގެ މަސްވެރިކަން އިތުރަށް ކުރިއަރާދާނެ ކަމަށާއި މި ދޮށީ ކަނދުފަތި ޤާއިމްކުރުމާ ގުޅިގެން އެ ސަރަޙައްދުގެ މަސްވެރިން، ޚާއްޞަކޮށް ޒުވާން މަސްވެރިންނާއި ސްޕޯޓްސް ފިޝިންގްގައި ޝާމިލްވާ ފަރާތްތަކަށް ވަރަށް ބޮޑު ފަސޭހައެއް ލިބިގެންދާނެ ކަމަށެވެ.

އެމިނިސްޓްރީން އިތުރަށް ބުނީ މިކަމަކީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ސަރުކާރުން ކުރިއަށް ގެންދާ މުހިންމު މަސައްކަތްތަކުގެ ތެރެއިން އެއް މަސައްކަތެއް ކަމަށާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަސްވެރިކަން އިތުރަށް ތަރައްޤީކޮށް، މަސްވެރިންގެ ދިރިއުޅުން ރަނގަޅު ކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC