logoEN
PNC TOP 3
ސްޓެލްކޯއިން ދެމުންދާ ހިދުމަތްތަކުގެ އިންތިޒާމުތައް ބައްލަވާލެއްވުމަށް ކުންފުނީގެ އިސްވެރިން ކުނބުރުދޫއަށް ޒިޔާރާތްކޮށްފި

ސްޓެލްކޯއިން ދެމުންދާ ހިދުމަތްތަކުގެ އިންތިޒާމުތައް ބައްލަވާލެއްވުމަށް ކުންފުނީގެ އިސްވެރިން ކުނބުރުދޫއަށް ޒިޔާރާތްކޮށްފި

އަހުމަދު ޝުރާއު

logo

3/31/2026, 4:19:31 PM

# ކުނބުރުދޫ

-

ރާއްޖޭގައި ކަރަންޓުގެ ހިދުމަތްދޭ މައި ކުންފުނި ސްޓެލްކޯގެ އިސްވެރިން އދ ކުނބުރުދޫއަށް ޒިޔާރާތްކޮށްފި އެވެ.

PNC MID 2

ސްޓެލްކޯއިން ބުނީ ކުންފުނި ހިންގެވުމާ ހަވާލުވެ ހުންނެވި ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޑރ. އަލީ އަޒްވަރާއި، ބޯޑުގެ ޗެއާމަން މުޙައްމަދު ލަޠީފްގެ އިތުރުން ކުންފުނީގެ އިސްވެރިން ކުނބުރުދޫއަށް ޒިޔާރާތްކޮށްފައިވާ ކަމަށެވެ.

އެގޮތުން މި ދަތުރުގެ ތެރެއިން ކުނބުރުދޫގައި އެކުންފުނިން ދެމުންގެންދާ ޚިދުމަތްތައް ބައްލަވާލައްވައި ކުންުފުނީގެ މުވައްޒަފުންނާއި އިސްވެރިން ބައްދަލޮށްފައިވާ ކަމަށެވެ. އެ ބައްދަލުވުމުގައި އެރަށުގައި ދެމުންދާ ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުކުރުމަށް ކުރެވިދާނެ ކަންކަމާއި، މަސައްކަތުގައި ކުރިމަތިވާ ގޮންޖެހުންތަކާ ގުޅޭގޮތުން ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައެވެ.

ކުނބުރުދޫގައި ކަރަންޓުގެ ހިދުމަތް ދެމުން އަންނަނީ ސްޓެލްކޯއިން ނެވެ.

މިއީ ކުންފުނީގެ ހިންގެވުމާ ހަވާލުވެ ހުންނެވި ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޑރ. އަލީ އަޒްވަރާއި، ބޯޑުގެ ޗެއާމަން މުޙައްމަދު ލަޠީފް ކުންފުނީގެ ހިންގުމާއި ހަވާލުވެވަޑައިގެންނެވި ފަހުން އެރަށަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC