logoEN
Sto top
ކުނބުރުދޫ ސްކޫލް އިމާރާތް ކުރުމުގެ މަޝްރޫޢުވެސް އެމްޓީސީސީއަށް!

ކުނބުރުދޫ ސްކޫލް އިމާރާތް ކުރުމުގެ މަޝްރޫޢުވެސް އެމްޓީސީސީއަށް!

އަހުމަދު ޝުރާއު

logo

10/8/2025, 9:12:03 AM

# ކުނބުރުދޫ

-

އދ. ކުނބުރުދޫ ސްކޫލް އިމާރާތް ކުރުމުގެ މަޝްރޫޢު އެމްޓީސީސީއާ މިއަދު ހަވާލުކޮށްފިއެވެ.

Wamco

މި މަޝްރޫއުުގެ އެއްބަސްުވުމުގައި ސޮއިކުރުން ކުރިޔަށް ގެންގޮސްފައިވަނީ ރައީސް ޑރ މުހައްމަދު މުއިއްޒު އދ ގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން މިއަދު ކުނބުރުދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި އެވެ.

އެގޮތުން މި މަޝްރޫއުގެ އެއްބަސްުވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙުމަދު ސަޢުދީއެވެ. މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޑރ. އިސްމާއީލް ޝަފީޢު އެވެ.

މި މަޝްރޫޢުގެ ދަށުން، 9500 އަކަފޫޓުގެ ސަރަހައްދެއްގައި 3 ފަންގިފިލާގެ އިމާރާތެއް ބިނާ ކުރެވޭނެއެވެ. މި މަޝްރޫޢަކީ 22.63 މިލިއަން ރުފިޔާއަށް 540 ދުވަސްތެރޭ ނިންމަން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ.

630 މީހުންގެ އާބާދީއެއް އޮންނަ ކުނބުރުދޫ އަކީ ތަޢުލީމަށް އިސްކަންދޭ ރައްޔިތުންތަކެއް އުޅޭ ރަށެކެވެ. މިއަދު ސޮއިކުރެވޭ މަޝްރޫޢުގެ މަސައްކަތް ނިމުމާއެކު އާ ސްކޫލް އިމާރާތެއް ކުނބުރުދޫގެ ދަރިވަރުންނަށް ލިބިގެންދާނެއެވެ. މިއީ ތަޢުލީމީ ފުރުޞަތުތައް ރަށުގައި ތިބެގެން ހޯދޭނެ އިތުރު މަގެއް ފަހިވެގެންދާނޭ ކަމެކެވެ. އަދި ތަޢުލީމީ ޖީލެއް ބިނާ ކުރުމަށް ރަށު ރައްޔިތުން ކުރަމުން އަންނަ އަންނަ މަސައްކަތަށް ލިބުނު ބޮޑު ކުރިއެރުމެކެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC