logoEN
Sto top
ކުނބުރުދޫ ފުޓްބޯޅަ ދަނޑުގެ މަސައްކަތް ނިންމައި ރަސްމީކޮށް ހުޅުވައިފި

ކުނބުރުދޫ ފުޓްބޯޅަ ދަނޑުގެ މަސައްކަތް ނިންމައި ރަސްމީކޮށް ހުޅުވައިފި

އަހުމަދު ޝުރާއު

logo

10/8/2025, 9:08:55 AM

# ކުނބުރުދޫ

-

އދ ކުނބުރުދޫ ފުޓްބޯޅަ ދަނޑު އިތުރަށް ތަރައްޤީކުރުމުގެ މަޝްރޫއުގެ ނިންމައި މިއަދު ރަސްމީކޮށް އެދަނޑު ހުޅުވައިފި އެވެ.

Wamco

މި މަޝްރޫއުގެ ނިމުން ފާހަގަކޮށްފައިވަނީ ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު އދ ގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން މިއަދު ކުނބުރުދޫއަށް ވަޑައިގެންނެވުމުންނެވެ. އެގޮތުން މަޝްރޫއު ނިންމައި ފުޓްބޯޅަ ދަނޑު ރަސްމީކޮށް ހުޅުއްވައި ދެއްވީ ރައީސް ޑރ މުހައްމަދު މުއިއްޒު އެވެ.

މި މަޝްރޫއަކީ ސަރުކާރުން މިދިޔަ އަހަރު ފެބްރުއަރީ މަހުގެ ތެރޭގައި އާރްޑީސީއާއި ހަވާލުކުރި މަޝްރޫއެކެވެ. ފުޓްބޯޅަ ދަނޑު އިތުރަށް ބޮޑުކޮށް ނުނިމިހުރި މަސައްކަތް ކުރުމަށް އާރްޑީސީ އާއި މި މަޝްރޫއު ހަވާލުކޮށްފައިވަނީ 4،900،741.92 ރުފިޔާއަށެވެ.

އދ.ކުނބުރުދޫ ފުޓްބޯޅަ ދަނޑު އިތުރަށް ތަރައްޤީކުރުމުގެ މަސައްކަތުގެ ދަށުން އާރްޑީސީ އާ ހަވާލުކުރި މަސައްކަތްތަކަކީ، ދަނޑުގެ ސަބްބޭސް ތައްޔާރުކޮށް ޓާފް އެޅުމާއި، ލައިޓިންގ މަސައްކަތުގެ އިތުރުން ދަނޑަށް އިތުރު ކުރެވުނު ބައިގެ ވަށާފާރު އަދި ފެންސް މަރާމާތުކުރުމެއެވެ. އަދި މީގެ އިތުރުން މުޅި ދަނޑުގެ ވަށާފާރާއި ފެންސް މާރާމާތު ކުރުމާއި ދަނޑަށް އިތުރު ކުރެވުނު ބައިގައި ކާނުލުން އަދި ދެ ކާނު ދޭތެރޭގައި ސްކްރީޑެއް އެޅުމާއި ގޭޓު ހަރުކުރަން އާރްޑީސީ އާއެކު ވެވުނު އެއްބަސްވުމުގައި ވަނީ ހިމަނާފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC