logoEN
PNC TOP 3
އެއް ދުވަހެއްގައި ދެ އިންތިހާބު ބޭއްވުމުން އިންސާފުވެރި މިނިވަން އިންތިހާބަކަށް ފުރުސަަތު ބޮޑުވޭ - ރައީސް

އެއް ދުވަހެއްގައި ދެ އިންތިހާބު ބޭއްވުމުން އިންސާފުވެރި މިނިވަން އިންތިހާބަކަށް ފުރުސަަތު ބޮޑުވޭ - ރައީސް

# ރައީސް މުއިއްޒު

-

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވޯޓު އެއް ދުވަހެއްގައި ބޭއްވުމުން މިހާރަށްވުރެ މިނިވަން އަދި އިންސާފުވެރި މަޖިލިސް އިންތިހާބަކަށް ފުރުސަތު ފަހިވާނެ ކަމަށް ގަބޫލުކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

PNC MID 2

މިއަދު ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިޔަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ، އެމަނިކުފާނު ގަބޫލުކުރައްވާ ގޮތުގައި ގިނަ ރައްޔިތުން ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ތާއީދުކުރާނެއެވެ. ރައީސް ވިދާޅުވީ، ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް އެމަނިކުފާނު ހުށަހަޅުއްވާ ކަންކަމަކީ ސިޔާސީ ކަންކަމެއް ނޫން ކަމަށް ގިނަ ރައްޔިތުންނަށް ގަބޫލުކުރެއްވޭނެކަމަށެވެ.

އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި މިހާރު މިއޮންނަ ނިޒާމުގައި ރައީސަކު އިންތިހާބުވެވަޑައިގަންނަވާތާ ހަ މަސް ފަހުން މަޖިލީހުގެ އިންތިހާބު ބޭއްވުމުން އެ އިންތިހާބުގައި ސަރުކާރު ނިސްބަތްވާ ޕާޓީގެ ކެންޑިޑޭޓުންނަށް އެމީހުންނަކީ ސަރުކާރުގެ ކެންޑިޑޭޓުން ކަމުގައި ބުނުމުގެ ފުރުސަތު އޮންނާނެއެވެ. ނަމަވެސް ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން ރައީސްކަމަށް ހޮވިވަޑައިގަންނަވާ ބޭފުޅަކު ނޭނގޭތީ އެގޮތަށް ބުނުމުގެ ފުރުސަތު އެއްވެސް ކެންޑިޑޭޓަކަށް ނޯންނާނެއެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ ފާއިތުވި ދުވަސްތަކުގައި އަބަދުވެސް ސަރުކާރު ހިންގާ ޕާޓީއަށް ސުޕަމެޖޯރިޓީ ލިބޭ ކަމަށެވެ. ނަމަވެސް ވެރިކަމަށް އަންނަ ޕާޓީ ނޭނގޭ ގޮތަށް ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން ގިނަ ޕާޓީތައް ޝާމިލުވާ ގޮތަށް މަޖިލިސް އެކުލަވައިލުމުގެ ފުރުސަތު ލިބިގެންދާނެކަމަށާއި، އެކި ޕާޓީތަކުގެ މެންބަރުން މަޖިލީހުގައި ތިބުމަކީ ސަރުކާރު ޖަވާބުދާރީކުރުވާ މަޖިލީހަކަށްވުމަށް މަގުފަހިވާނެ ކަމެއް ކަމުގައި ރައީސް ވިދާޅުވިއެވެ.

އަދި ރިޔާސީ އިންތިހާބަކީ އެންމެ ގިނަ މީހުން ވޯޓުލާން ނިކުންނަ އިންތިހާބުކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ދެ އިންތިހާބު އެއްދުވަހެއްގަައި ބޭއްވުމަކީ މަޖިލީހުގެ އިންތިހާބުގެ ވޯޓުގައި ގިނަ ރައްޔިތުން ބައިވެރިވުމަށް މަގުފަހިވާނެ ކަމެއް ކަމަށެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC