logoEN
PNC TOP 3
އަމާޒަކީ 8،000 ފްލެޓުގެ މަސައްކަތް ފަށައި މިދައުރުގެ ތެރޭގައި ނިންމައި ރައްޔިތުންނަށް އެތަންތަނަށް ވަދެވުން

އަމާޒަކީ 8،000 ފްލެޓުގެ މަސައްކަތް ފަށައި މިދައުރުގެ ތެރޭގައި ނިންމައި ރައްޔިތުންނަށް އެތަންތަނަށް ވަދެވުން

އަހުމަދު ޝުރާއު

logo

3/30/2026, 9:05:56 AM

# ރައީސް މުއިއްޒު

-

މި ސަރުކާރުން ފަށާ ހައުސިން މަޝްރޫއުތައް 2028 ވަނަ އަހަރުގެ މެދު ތެރޭ ނިންމައި، އެތަންތަނަށް މީހުންނަށް ވަދެވޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

PNC MID 2

އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

މިހާތަނަށްް އެއްވެސް ސަރުކާރަކުން ފެށި ހައުސިން މަޝްރޫއެއް ނިންމައި، އެތަަން ލިބުނު ރައްޔިތުންނަށް ބޭނުންކުރަން ފެށިފައި ނެތްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ މި ސަރުކާރުން ފަށާ ހައުސިން މަޝްރޫއުތައް ދައުރުގެ ތެރޭގައި ނިންމައި ރައްޔިތުންނަށް އެތަންތަނަށް ވަނުމަށް މަގުފަހިކުރައްވާނެ ކަމަށެވެ. އެގޮތުން ބީއެމްއެލްގެ ފައިނޭންސިންގެ ދަށުން ހުޅުމާލެއާއި ވިލިމާލޭގައި އެޅުމަށް ހަމަޖެހިފައިވާ 3،260 ހައުސިން ޔުނިޓުތަކުގެ މަސައްކަތް ލަސްވެގެން 2028 ވަނަ އަހަރުގެ ޖުލައި މަހުގެ ކުރިން ނިންމައި، އެތަންތަނަށް މީހުންނަށް ވަދެވޭނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.

މި ހައުސިން ޔުނިޓުތަކުގެ އިތުރަށްވެސް ހައުސިން މަޝްރޫއުތަކެއް ފެށުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ. އެގޮތުން އެމްއެމްއޭއިން ތައާރަފުކުރި އެފޯޑަބަލް ހައުސިން ޕޮލިސީގެ ދަށުން ބީއެމްއެލްއިން އަޅާ ހައުސިން ޔުނިޓުތަކުގެ އިތުރަށް ހައުސިން ޔުނިޓުތަކެއްގެ މަސައްކަތް ކުރެވިގެންދާނެ ކަމުގައި ވިދާޅުވިއެވެ. އަދި އެކުވެރި ގައުމުތަކުގެ އެހީގައި ހައުސިން ޔުނިޓުތައް އެޅުމަށް ކުރެވެމުންދާ މަސައްކަތްތައްވެސް ކުރަމުންދާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"ދެން ބޭރުގެ ހިލޭ އެހީ ނޫނިއްޔާ ލޯނު އެހީގައި އަޅާ ހައުސިން ޔުނިޓުތައް ހުރީ. މި މަސައްކަތްތައްވެސް އަޅުގަނޑުމެން ވަރަށް ގާތުން އެ ގައުމުތަކާ ކޮމިއުނިކޭޓްކުރަން. މިސާލަކަަށް އިންޑިޔާ ސަރުކާރުން ދޭ ލައިން އޮފް ކްރެޑިޓްގެ ދަށުން އަޅާ ހައުސިން ޔުނިޓުގެ ހުރިހާ ފަންނީ މަސައްކަތްތަކެއް އެދަނީ ކުރިއަށް. އަދި އިތުރު ހައުސިން ޔުނިޓުތައްވެސް އެބައޮތް،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި އެންމެ ލަސްވެގެން މި އަހަރުގެ ދެވަނަ ކުއާޓާގައި ތެރޭގައި ހުރިހާ ހައުސިން ޔުނިޓެއްގެ އަމަލީ މަސައްކަތް ފެށޭނެއެވެ. އަދި އެ ހައުސިން ޔުނިޓުތަކުގެ ތެރެއިން ބީއެމްއެލްއިން ފައިނޭންސްކޮށްގެން ބިނާކުރާ ތަންތަނުގެ މަސައްކަތް މިހާރު ފެށެމުންދާކަން ރައީސް ފާހަގަކުރެއްވިއެވެ.

"މިހާރު އަޅުގަނޑުމެން ހުޅުވާލާފައިވާ ފުލެޓަށް އެޕްލައިކުރުމުގެ ސްކީމުގެ ތެރެއިން ހޮވޭ ފަރާތްތަކަށް އަޅުގަނޑުގެ އަމާޒަކީ ސަރުކާރުގެ އަމާޒަކީ މި ދައުރުގެ ތެރޭގައި ފުލެޓުތައް ދިނުން. އެއީ 8،000 އެއްހައި ފުލެޓު. މާނައަކީ ކުރިއަށް މަހެއް ދެ މަހެއްގެ ތެރޭގައި އެ ހުރިހާ މަޝްރޫއުތަކެއްގެ އަމަލީ މަސައްކަތް ފެށެންޖެހޭނޭ،"

މާލޭ ސަރަހައްދުގައި ތަރައްގީކުރާ ހައުސިން ޔުނިޓުތަކުގެ އިތުރަށް އަތޮޅު ތެރޭގައި ތަރައްގީކުރުމަށް ބީއެމްއެލް ފައިނޭންސް ހަމަޖެހިފައި ހުރި ތަންތަނާއި ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން ބިނާކުރާ ތަންތަނުގެ މަސައްކަތްވެސް މި އަހަރު ތެރޭ ފެށި ދައުރުގެ ތެރޭގައި ނިންމައި ރައްޔިތުންނާ ހަވާލުކުރެވޭނެ ކަމުގެ ޔަގީންކަން ވަރަށް ބޮޑަށް އެބައޮތް ކަމުގައި ރައީސް ވިދާޅުވިއެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC