logoEN
PNC TOP 3
 ކާޑެއްދޫ އެއަރޕޯޓް އިންޓަނޭޝަނަލް ފެންވަރަށް ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް މިއަހަރުގެ މެދުތެރޭގައި ފެށޭނެ - ރައީސް

ކާޑެއްދޫ އެއަރޕޯޓް އިންޓަނޭޝަނަލް ފެންވަރަށް ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް މިއަހަރުގެ މެދުތެރޭގައި ފެށޭނެ - ރައީސް

އަހުމަދު ޝުރާއު

logo

3/30/2026, 9:00:03 AM

# ރައީސް މުއިއްޒު

-

ގދ. ކާޑެއްދޫ އެއަރޕޯޓް އިންޓަނޭޝަނަލް ފެންވަރަށް ތަރައްޤީކުރަން ސަރުކާރުގެ ނިންމާފައިވާ މަޝްރޫޢުގެ މަސައްކަތުގެ އަމަލީ މަސައްކަތް މިއަހަރުގެ މެދުތެރޭގައި ފެށިގެންދާނެކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރައްވައިފި އެވެ.

PNC MID 2

ގދ. ތިނަދޫއާއި ކާޑެއްދޫ ބްރިޖަކުން ގުޅާލައި، ކާޑެއްދޫ އެއަރޕޯޓް އިންޓަނޭޝަނަލް ފެންވަރަށް ތަރައްޤީކުރަން ނިންމަވާކަން ރައީސް އިޢުލާނުކުރެއްވީ، މިދިޔަ އަހަރުގެ މޭ މަހު ބޭއްވި ނުސްވެރިންގެ ބައްދަލުވުމެއްގައެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ، އެ މަސައްކަތް ބޭނުންވި ސްޕީޑްގައި މިހާތަނަށް ގޮސްފައި ނުވާކަމަށާއި ސަބަބަކީ ދަޢުލަތުގެ ސީދާ ބަޖެޓުން މަޝްރޫޢު ފެށުމަށް ޚަރަކުރުމުގެ ބަދަލުގައި، އިންވެސްޓަރ ފައިނޭންސް މޮޑެލްއަށް އެ މަސައްކަތް ކުރިއަށްގެންދާނީ، އެންމެ ފީސިބަލް އަދި ރަނގަޅު މޮޑެލްއެއް ހޯދުމަށް ވަގުތު ހޭދަވުމުންކަމަށެވެ.

ނަމަވެސް އޭގެ މަސައްކަތްތައް ހުއްޓާ ނުލާކަމަށާއި، ޕްލޭނިންގެ މަސައްކަތްތައް ނިމުމަކާ ހަމައަށް އައިސްފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

"މިއީ ތިނަދުއާއި ހުވަދޫގެ ރައްޔިތުންނަށް އަޅުގަނޑުވީ ވަޢުދެއް. "ރިއަލިސްޓިކް" ޓަރގެޓްތަކެއް މިދަނީ ކަނޑައެޅެމުން. މިއަހަރުގެ މެދުތެރޭގައި ޢަމަލީ މަސައްކަތް ފެށޭނެ" ރައީސް ވިދާޅުވިއެވެ.

ކުރިން ސަރުކާރުން ނިންމީ ތިނަދޫގައި އިންޓަރނޭޝަންލް އެއަރޕޯޓެއް ތަރައްޤީކުރަންށެވެ. ނަމަވެސް ސަރުކާރުން ފަހުން ނިންމީ އޭގެ ބަދަލުގައި، ކާޑެއްދޫ އެއަރޕޯޓް އިންޓަރނޭޝަނަލް ފެންވަރަށް ގެނެސް، ތިނަދުއާއި ކާޑެއްދޫ ބްރިޖަކުން ގުޅާލުމަށެވެ.

1993ވަނަ އަހަރުގެ ޑިސެމްބަރު މަހު ހުޅުވި ކާޑެއްދޫ އެއަރޕޯޓު މިހާރު ހިންގަމުންދަނީ ވިލާ އެއަރއާ ހަވާލުކޮށްގެންނެވެ. ކާޑެއްދޫ އެއަރޕޯޓަކީ ތިނަދުއާއި ގާތްގަނޑަކަަށް 3.7 ކިލޯމީޓަރުގެ ދުރުމިނުގައި އޮންނަ އަދި ހުވަދުއަތޮޅުގައި ހުޅުވި ފުރަތަމަ ޑޮމެސްޓިކް އެއަރޕޯޓެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC