
ހަނގުރާމައާއިއެކު އިޤްތިޞާދީ ލޮޅުންތައް އައިނަމަވެސް، އަންނަމަހު ދައްކަން ޖެހޭ ސުކޫކު ދެއްކުމުގެ ޤާބިލިއްޔަތުކަން މާލިއްޔަތުގައި އެބަހުރި - ރައީސް
# ރައީސް މުއިއްޒު-
ހަނގުރާމައާއިއެކު އިޤްތިޞާދީ ލޮޅުންތައް އައިނަމަވެސް، އަންނަމަހު ދައްކަން ޖެހޭ ސުކޫކު ދެއްކުމުގެ ޤާބިލިއްޔަތުކަން މާލިއްޔަތުގައި އެބަހުރިކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި، ނޫސްވެރިއެއްގެ ސުވާލަށް ޖަވާބުދެއްވަމުންނެވެ.
މެދުއިރުމަތީގައި ހަނގުރާމަ ހިނގަމުންދާ މި ޙާލަތުގައި، ބޭރުގެ އެހީގައި ސަރުކާރުން ކުރިއަށްގެންދިއުމަށް ރާއްވަވާފައިވާ އިޖުތިމާޢީ މަޝްރޫޢުތަކަށް ވާނީ ކިހިނެއްތޯ ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން އެމަނިކުފާނު ވަނީ، މި ފަދަ ދަނޑިވަޅެއްގައި ފަންޑިންގ އޭޖެންސީތަކުން އެ ފަރާތްތަކުގެ ތަރުތީބުތަކަށް ބަދަލުގެންނާނޭކަން ދެނެތިބެ، އަމިއްލަ ޤާބިލިއްޔަތު ހުރި މިންވަރަކުން، އަމިއްލަ ޤާބިލިއްޔަތުގައި ކުރެވޭ މަސައްކަތްތަކަށް އިސްކަންދޭންޖެހޭނޭ ކަމަށް ވިދާޅުވެފައެވެ.
އެހެންނަމަވެސް، ދިވެހިރާއްޖެއާ ގާތް، ރަޙުމަތްތެރި އެތައް ޤައުމަކުން، އެފަދަ މަޝްރޫޢުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރުގައި ތިބިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އަދި ހަނގުރާމައިގެ ޙާލަތުގައި އިޤްތިޞާދީ ލޮޅުންތައް އައިނަމަވެސް، އެޕްރީލް މަހުގެ 8 ވަނަ ދުވަހު ދައްކަން ޖެހޭ ސުކޫކު ދެއްކޭނޭ ޤާބިލިއްޔަތުވެސް މާލިއްޔަތުގައި އެބަހުރިކަމުގެ ޔަޤީންކަން، އެމަނިކުފާނު މިއަދުވެސް ވަނީ ތަކުރާރުކުރައްވާފައެވެ.
ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިޚާބު ނިމުމާއެކު ސަރުކާރުން ޚަރަދުކުޑަކުރުމުގެ ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާކަމަށް ދެކެވޭ ވާހަކަވެސް މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެމަނިކުފާނު ވަނީ، ދޮގުކުރައްވާފައެވެ.
އަދި ހަނގުރާމައާ ގުޅިގެން އެކުލަވާލައްވާފައިވާ ވަޒީރުންގެ ޚާއްޞަ ކޮމިޓީ މެދުވެރިކުރައްވައި، ސަރުކާރުން އަޅުއްވަން ގަސްދުކުރައްވާ ފިޔަވަޅަކަސް، ސިޔާސަތަކަސް، ހަފުތާއަކު އެއްފަހަރު ހާމަކުރައްވަމުން ގެންދަވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ގުޅުންހުރި

އެއް ދުވަހެއްގައި ދެ އިންތިހާބު ބޭއްވުމުން އިންސާފުވެރި މިނިވަން އިންތިހާބަކަށް ފުރުސަަތު ބޮޑުވޭ - ރައީސް

އަމާޒަކީ 8،000 ފްލެޓުގެ މަސައްކަތް ފަށައި މިދައުރުގެ ތެރޭގައި ނިންމައި ރައްޔިތުންނަށް އެތަންތަނަށް ވަދެވުން

ކާޑެއްދޫ އެއަރޕޯޓް އިންޓަނޭޝަނަލް ފެންވަރަށް ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް މިއަހަރުގެ މެދުތެރޭގައި ފެށޭނެ - ރައީސް

.gif&w=3840&q=75)



