
ކީރިތި ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތުގެ ގަވާއިދަށް މިއަހަރު ބަދަލުތަކެއް: މިފަހަރު ތިން ބުރު އޮންނާނެ!
# އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ--
ކޮންމެ އަހަރަކު ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުން ބާއްވަމުން އަންނަ ކީރިތި ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތުގެ ގަވާއިދަށް މިއަހަރު ބަދަލުތަކެއް ގެނެސްފި އެވެ.

އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން މިއަދު އާންމުކުރި ގަވާއިދުގައި ބުނީ ޤައުމީ މުބާރާތް މީގެކުރިން ބާއްވަމުން އައިސްފައިވާ ގޮތާއި ތަފާތުކޮށް، މިއަހަރުގެ މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ، ޖުމްލަ 03 ބުރަކަށް ބަހާލައިގެން ކަމަށެވެ. އެގޮތުން މި ބަދަލުތައް ގެނެވިފައިވަނީ، ވީހާވެސް ގިނަ ބަޔަކަށް ހަމަހަމަކަމާއެކު ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދިނުމާއެކު މުބާރާތުގެ ވާދަވެރިކަން އިތުރުކުރެވޭނެ ގޮތްތައް ބަލައި، މުބާރާތުގެ ފެންވަރު އިތުރަށް ރަނގަޅުކުރުމުގެ މަޤްސަދުގައި ކަމަށެވެ،
މިއަހަރު ގެނައި ބަދަލާއިއެކު ކީރިތި ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ 3 ބުރަކީ މުބާރާތުގެ އޮޑިޝަން ބުރާއި މުބާރާތުގެ ސެމީ ފައިނަލް ބުރު އަދި ފައިނަލް ބުރެވެ.މުބާރާތް އޮޑިޝަން ބުރު ކުރިއަށްދާނެ ގޮތް
- މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލާ މުއްދަތުގެ ތެރޭގައި ފޯމު ހުށަހަޅާ ފަރާތްތަކުގެ މެދުގައި އޮޑިޝަން ބުރެއް ބާއްވާނެއެވެ. މި އޮޑިޝަން ބުރު ކުރިއަށް ދާނީ އަތޮޅު ތެރޭގައި ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުން ކަނޑައަޅާ ރަށްތަކުގައާއި މާލޭގައެވެ. މިގޮތުން ފޯމު ހުށަހަޅާ ފަރާތްތަކަށް ހާޒިރުވުމަށް އެންމެ ފަސޭހަ ރަށެއްގައި އޮންނަ އޮޑިޝަނެއްގައި ބައިވެރިވެވިދާނެއެވެ.ގަވާއިދަށް ގެނެވުނު މައިގަނޑު އިސްލާޙްތައް
މުބާރާތުގެ ސެމީ ފައިނަލް ބުރު ކުރިއަށްދާނެ ގޮތް
- މުބާރާތުގެ ސެމީ ފައިނަލް ބުރަށް ދާނީ، އޮޑިޝަނުން ކޮންމެ ކެޓަގަރީއަކުން، 80% (އަށްޑިހަ އިންސައްތަ) އިން މަތިން ހޯދާ ބައިވެރިންގެ ތެރެއިން، އެންމެ މަތިން މާކުސް ލިބޭ 500 (ފަސްސަތޭކަ) ބައިވެރިންނެވެ.
މުބާރާތުގެ ފައިނަލް ބުރު ކުރިއަށްދާނެ ގޮތް
- މުބާރާތުގެ ފައިނަލް ބުރަށް ދާނީ، ސެމީ ފައިނަލްގެ ކޮންމެ ކެޓަގަރީއަކުން، %85 (އަށްޑިހަ ފަހެއް އިންސައްތަ) އިން މަތިން މާކުސް ހޯދާ ބައިވެރިންގެ ތެރެއިން، އެންމެ މަތިން މާކުސް ލިބޭ 150 (ސަތޭކަ ފަންސާސް) ބައިވެރިންނެވެ.
މިއަހަރުވެސް އެހެން އަހަރުތެކޭ އެއްގޮތަށް މުބާރާތުގެ ސެމީ ފައިނަލް ބުރާއި ފައިނަލް ބުރު އޮންނާނީ މާލޭގައެވެ. މުބާރާތުގައި ބައިވެރިވުމަށް އަތޮޅުތަކުން މާލެ އަންނަ ފަރާތްތަކަށް ހަމަޖެހިފައިވާ އުސޫލުތަކާ އެއްގޮތަށް ކަނޑައެޅިފައިވާ އެލަވަންސެއް ދޭންވެސް ވަނީ ނިންމާފައި އެވެ.
މީގެ އިތުރުން މިއަހަރަށް ގަވައިދަށް އަލަށްގެނައި ބަދަލާއެކު މުބާރާތުގެ ސެމީ ފައިނަލް ބުރާއި ފައިނަލް ބުރުގެ ތިން ބައިގެ ކިޔެވުމަށް އިންސާފު ކުރުމަށް ކަނޑައަޅާ ފަނޑިޔާރުންގެ 2 ފެނަލްގައިވެސް ބައިނަލްއަޤުވާމީ ފެންވަރުގެ 1 ފަޑިޔާރަކު މަދުވެގެން އިންނާނެ ކަމަށް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ މުބާރާތް ބާއްވާނެ ތާރީޚް ވަރަށް އަވަހަށް އިޢުލާނުކުރެވޭނެ ކަމަށާއި މި މުބާރާތުގައި ބައިވެރިވުމަށް އެދި ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުން ޢާންމުކޮށް ފުރުސަތު ހުޅުވާލުމަށް ޓަކައި އިޢުލާނުކުރެވިގެންދާނެ ކަމަށެވެ.
މީލާދީގޮތުން ޢުމުރުން 26 އަހަރު ނުފުރޭ (މުބާރާތުގައި ބައިވެރިވުމުގެ ޝަރުޠުތައް ހަމަވާ) ކޮންމެ ދިވެހި ރައްޔިތަކަށް ބައިވެރިވުމުގެ ހަމަހަމަ ފުރުސަތު އޮންނާނެއެވެ. މުބާރާތުގައި ބައިވެރިވެވޭނީ ފަރުދީގޮތުންނެވެ.
ގުޅުންހުރި

ކީރިތި ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތުގެ ގަވާއިދަށް މިއަހަރު ބަދަލުތަކެއް: މިފަހަރު ތިން ބުރު އޮންނާނެ!

ބޮލަކަށް 6,000 ދިވެހި ރުފިޔާގެ މަގުން 1447ވަނަ އަހަރުގެ ފިޠުރު ޒަކާތް ބަހައިފި

ޒިކުރާ މިސްކިތް ބިމުގައި ބިނާކުރާ ޒަމާނީ އާ މިސްކިތުގެ ބިންގާ އަޅައިފި

.gif&w=3840&q=75)



