
ތުރާކުނުގައި އިމާރާތްކުރާ މިސްކިތުގެ މަސައްކަތް ނިމުމަކާއި ގާތަށް!
# އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ-
ހއ ތުރާކުނުގައި އިމާރާތްކުރާ މިސްކިތުގެ މަސައްކަތް ނިމުމަކާއި ގާތްވެފައިވާކަން އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ހާމަކޮށްފި އެވެ.

އެވުޒާރާއިން މިއަދު ކުރި ޕޯސްޓެއްގައި ބުނީ ތުރާކުނުގައި އިމާރާތްކުރާ 300 މީހުންގެ ޖާގައިގެ މިސްކިތުގައި މިހާރު ކުރިއަށް ދަނީ، މަސައްކަތް އެއްކޮށް ނިންމުމުގެ ފަހު މަރުހަލާގެ މަސައްކަތްތައްކަމަށެވެ.
300 މީހުންގެ ޖާގައިގެ މި މިސްކިތް އިމާރާތްކުރުމަށް ޙަވާލުކޮށްފައިވަނީ 10.6 މިލިއަން ރުފިޔާއަށް މައިކްރޯން ޕްރިވެޓް ލިމިޓެޑާ އެވެ.
މި މިސްކިތަކީ ޒަމާނީ ރީތި ޑިޒައިނަކަށް ތަރައްޤީކުރަމުން އަންނަ މިސްކިތެކެވެ.
365 ނުވަތަ އެއް އަހަރުގެ ތެރޭގައި ނިންމާ ގޮތަށް މި ޕްރޮޖެކްޓް އެ ކުންފުންޏާއި ޙަވާލުކޮށްފައިވަނީ 23 މާރޗް 2022 ގަ އެވެ.
ގުޅުންހުރި

ވަންދޫގައި އަލަށް އިމާރާތްކުރާ ރީތި މިސްކިތުގެ މަސައްކަތުގެ 95 އިންސައްތަ ނިމި، ހުޅުވުމަށް ތައްޔާރުވެއްޖެ!

މީދޫ ކައުންސިލާ ވަޒީރު ޑރ. ޝަހީމް ބައްދަލުކުރައްވައި އިސްލާމީ ދާއިރާއިން ހުރި ކަންބޮޑުވުންތައް އޮޅުންފިލުއްވައިފި

މިނިސްޓަރު ޝަހީމް ފީއަލީ ކައުންސިލާއި ބައްދަލުކުރައްވައިފި




