
ޕްރިންސިޕަލް ލީޑަރޝިޕް ޓްރޭނިންގ ޕްރޮގްރާމްގައި ރާއްޖޭގެ 20 ޕްރިންސިޕަލުން ބައިވެރިވެއްޖެ
# ރާއްޖެ - ސްރީލަންކާ-
ސްރީލަންކާގެ ކޭ.އައި.ޔޫ ގައި 1 ހަފުތާގެ މުއްދަތަށް ކުރިއަށްގެންދިޔަ "ޕްރިންސިޕަލް ލީޑަރޝިޕް ޓްރޭނިންގ ޕްރޮގްރާމް" ގައި އަތޮޅުތެރޭގެ ސްކޫލްތަކުން ޖުމްލަ 20 ޕްރިންސިޕަލުން ބައިވެރިވެއްޖެއެވެ.

މި ޕްރޮގްރާމްގެ މައިގަނޑު މަގްސަދަކީ ޒަމާނީ ފެންވަރުގެ ލީޑަރޝިޕް ހުނަރުތަކާއި ސްޓްރެޓީޖިކް ޕްލޭނިންގގެ އުކުޅުތައް ބޭނުންކޮށްގެން، ޕްރިންސިޕަލުންގެ ފަންނީ ގާބިލުކަން އިތުރުކޮށް، ސްކޫލްތައް ހިންގުމާއި މެނޭޖްކުރުމުގެ ދާއިރާ އިތުރަށް ހަރުދަނާކުރުމެވެ.
މި ތަމްރީނު ޕްރޮގްރާމްގެ ތެރެއިން، ކިޔަވައިދިނުމުގެ ދާއިރާގެ ލީޑަރޝިޕާއި، ތަޢުލީމީ އާ އީޖާދުތަކުގެ އިތުރުން، ހަރުދަނާ ގޮތެއްގައި ސްކޫލްތައް ބެލެހެއްޓުމާ ގުޅޭގޮތުން ތަފާތު ލެކްޗަރތަކާއި، މަސައްކަތު ބައްދަލުވުންތަކުގެ އިތުރުން ގުޅިގެން މަސައްކަތްކުރުމުގެ ސެޝަންތައް ކުރިއަށްގެންދެވުނެވެ.
ބައިނަލްއަގުވާމީ ފެންވަރުގެ ތަޖުރިބާތަކާއި އަމަލީ ގޮތުން ބޭނުންކުރެވޭނެ މުހިންމު މައުލޫމާތުތަކެއް ލިބިގެންދިޔަ މި ތަމްރީނުގެ ސަބަބުން، ރާއްޖޭގެ ސްކޫލްތަކުގެ ހިންގުން ހަރުދަނާކޮށް، ތައުލީމީ ނަތީޖާ ކުރިއެރުވުމަށް ބޭނުންވާ ހުނަރާއި އިލްމު ޕްރިންސިޕަލުންނަށް ލިބިގެންދާނެއެވެ
ގުޅުންހުރި

ޕްރިންސިޕަލް ލީޑަރޝިޕް ޓްރޭނިންގ ޕްރޮގްރާމްގައި ރާއްޖޭގެ 20 ޕްރިންސިޕަލުން ބައިވެރިވެއްޖެ

ސްރީލަންކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް މުއިއްޒު އެގައުމުގެ ވެރީންނަށް ތަހުނިޔާ ފޮނުއްވައިފި

ރާއްޖެއާއިއެކު މުހިންމު ދެ އެއްބަސްވުމެއްގައި ސޮއިކުރުމަށް ލަންކާ ކެބިނެޓުން ރުހުން ދީފި

.gif&w=3840&q=75)



