
ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް އެދި 9،500 އަށްވުރެ ގިނަ ފޯމު ހުށަހަޅައިފި
# ހުޅުމާލެ ފޭސް 2# ބޯހިޔާވަހިކަން# ހައުސިން މިނިސްޓްރީހުޅުމާލެ
ސަރުކާރުން ހުޅުވާލާފައިވާ ބޯހިޔާވަހިކަމުގެ ސްކީމްތަކަށް އެދި 9،645 ފޯމު ހުށަހަޅާފައިވާކަމަށް ހައުސިންގް މިނިސްޓްރީން ބުނެފި އެވެ.

ހައުސިންގް މިނިސްޓްރީން ނެރިފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެންމެ ގިނަ ފޯމު ހުށަހަޅާފައިވަނީ ފްލެޓަށް އެދި އެވެ. އެއީ 5،993 ފޯމެވެ. އަދި ގޯއްޔަށް އެދި 3،234 ފޯމް ވަނީ ހުށަހަޅާފަ އެވެ.
މީގެއިތުރުން ދެން ފޯމް ހުށަހަޅާފައިވަނީ "އާއިލީ ބޯހިޔާވަހިކަން" އަދި "ގޯތި ގެދޮރު" ޕްރޮގްރާމަށެވެ. އެގޮތުން އާއިލީ ބޯހިޔާވަހިކަމުން 9،227 ފޯމް ހުށަހަޅާފައިވާއިރު، އަނބިމީހާ ނުވަތަ ފިރިމީހާގެ ބޯހިޔާވަހިކަމެއް އޮތް ނަމަވެސް ކުރިމަތިލެވޭ ގޮތަށް ހުޅުވާލާފައިވާ "ގޯތި ގެދޮރު" ޕްރޮގްރާމަށް 418 ފޯމްވަނީ ހުށަހަޅާފަ އެވެ. މީގެ އިތުރުން، ފޯމު ފުރުމުގެ މަރުހަލާ ނުވަތަ ޑްރާފްޓް މަރުހަލާގައި 13،279 ފޯމު އުޅޭ ކަމަށްވެސް މިނިސްޓްރީން ބުނެ އެވެ.
މި ސަރުކާރުން ހުޅުވާލާފައިވާ މި ސްކީމްތަކަށް ފޯމް ހުށަހެޅުމުގެ ފުރުސަތު މިއަންނަ މަހާ ހަމައަށް ހުޅުވާލާފައިވާއިރު، މި ކޮންމެ ކެޓަގަރީއެއްގައިވެސް މާލޭގެ ރަށްވެހިންނާއި، މާލޭގައި ދިރިއުޅޭ އެހެން ރަށްތަކުގެ މީހުންނަށް ވަކި ކެޓަގަރީތަކެއް ކަނޑައެޅިފައިވެ އެވެ. ހުރިހާ ފޯމެއްވެސް ހުށަހަޅަންޖެހެނީ "ބޯހިޔާވަހިކަން" ހައުސިންގް ޕޯޓަލް މެދުވެރިކޮށެވެ.
މީގެއިތުރުން ބޯހިޔާވަހިކަމުގެ ދަށުން "ބޯހިޔާވަހިކަން އެންމެނަށް" އަދި "ގެދޮރުވެރިޔާ" ޕްރޮގްރާމްގެ ދެ ކެޓަގަރީއަކާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ ކެޓަގަރީއަކަށް ކުރިމަތިލުމުގެ ފުރުސަތު މިއަންނަ މަހުގެ 1 ވަނަ ދުވަހު ހުޅުވާލުމަށްވަނީ ނިންމާފަ އެވެ.
"ގެދޮރުވެރިޔާ" ޕްރޮގްރާމަކީ ނިމިދިޔަ ސަރުކާރުގެ ސްކީމްގައި ޖޮއިންޓްކޮށް ގޯތި ލިބުނު މީހުންގެ ތެރެއިން ވަކިން ގޯތި ބޭނުންވާ އާއިލާތަކަށާއި، އަސާސީ ބޯހިޔާވަހިކަމުގެ ސްކީމަކުން ފްލެޓެއް ލިބިފައިވުމުގެ ސަބަބުން "ބިންވެރިޔާ" ސްކީމަށް ކުރިމަތިނުލެވުނު ފަރާތްތަކަށް ހުޅުވާލާ ފުރުސަތެކެވެ.
ގުޅުންހުރި

ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް އެދި 9،500 އަށްވުރެ ގިނަ ފޯމު ހުށަހަޅައިފި

ފޭސް 3 ގައި އަގުހެޔޮ ފްލެޓުތައް އަޅަން ހުށަހެޅުމަށް އިތުރު ފުރުސަތެއް!

ހިޔާ ފްލެޓު ސަރަހައްދުން ޤަވާއިދާ ޚިލާފަށް މަސައްކަތް ކުރަމުންދިއަ 10 ބިދޭސީން ހައްޔަރުކޮށްފި

.gif&w=3840&q=75)



