logoEN
PNC TOP 3
ފީޑިންގ ޓިއުބެއް ނުލިބި މަރުވިކަމަށް ބުނާ ކުއްޖާގެ މައްސަލަ ބަލަނީ

ފީޑިންގ ޓިއުބެއް ނުލިބި މަރުވިކަމަށް ބުނާ ކުއްޖާގެ މައްސަލަ ބަލަނީ

# ހެލްތު މިނިސްޓްރީ

-

އުމުރުން ހަ އަހަރުގެ ފިރިހެން ކުއްޖަކު އިއްޔެ ނިޔާވީ ފީޑިން ޓިއުބެއް ނުލިބިގެން ކަމަށް އާއިލާއިން ބުނާ މައްސަލަ ހެލްތު މިނިސްޓްރީން ބަލަން ފަށައިފި އެވެ.

PNC MID 2

އާއިލާ އިން ފޭސްބުކްގައި ލިއެފައިވާ ގޮތުގައި، ސްޕޭސްޓިކް ކުއަޑްރިޕްލެޖިކް ސެލެބްރަލް ޕަލްސީ ހުންނަ ހަ އަހަރުގެ އިބްރާހިމް އަޒާން ސުހެއިލަށް ކާންދެވޭ ހަމައެކަނި މަގަކީ ހޮޅިކޮޅެއް ނުވަތަ ފީޑިން ޓިއުބެއް މެދުވެރިކޮށެވެ. އެ ހޮޅިކޮޅު އެސްޓީއޯ މެދުވެރިކޮށް ގެންނަން އާސަންދައިގައި އެދިގެން އަށް މަސްވި އިރު ވެސް ނުލިބުނު ކަމަށް އެ ޕޯސްޓުގައި ބުނެފައިވެއެވެ.

ހެލްތު މިނިސްޓްރީން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، 25 މާރިޗް 2026 ގައި މ. ޗީޒް, އިބްރާހީމް އަޛާން ސުހައިލް ނިޔާވި ހާދިސާ ކަމާ ގުޅުންހުރި އިދާރާތަކާއެކު ބަލަމުން އަންނަ ކަމަށެވެ.

އާއިލާއިން ބުނެފައިވާ ގޮތުގައި ފަހުން ހޮޅިކޮޅު ލިބުނު ނަމަވެސް އެ ލެއްވޭވަރަށް ވުރެ ކުއްޖާގެ ހާލު އޭރު މާބޮޑަށް ސީރިއަސްވެފައިވާ ކަމަށެވެ.

ޒާންގެ މަރު، ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިންވެސް އަންނަނީ ބަލަމުންނެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC