logoEN
PNC TOP 3
ހަނގުރާމައާއި ގުޅިގެން ޞިއްޙީ ދާއިރާއިން ދެމުންދާ ޚިދުމަތްތައް މެދުނުކެނޑި ރައްޔިތުންނަށް ލިބޭނެ އިންތިޒާމް ހަމަޖެއްސުމާއި ގުޅޭގޮތުން މަޝްވަރާކޮށްފި

ހަނގުރާމައާއި ގުޅިގެން ޞިއްޙީ ދާއިރާއިން ދެމުންދާ ޚިދުމަތްތައް މެދުނުކެނޑި ރައްޔިތުންނަށް ލިބޭނެ އިންތިޒާމް ހަމަޖެއްސުމާއި ގުޅޭގޮތުން މަޝްވަރާކޮށްފި

އަހުމަދު ޝުރާއު

logo

3/23/2026, 2:26:53 PM

# ހެލްތު މިނިސްޓްރީ

-

މެދުއިރުމަތީގެ މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ޞިއްޙީ ދާއިރާއިން ދެމުންދާ ޚިދުމަތްތައް މެދުނުކެނޑި ރައްޔިތުންނަށް ލިބޭނެ އިންތިޒާމް ހަމަޖެއްސުމާއި ގުޅޭގޮތުން މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

PNC MID 2

ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި މި ބައްދަލުވުމުގައި މިނިސްޓަރ އަބްދުﷲ ނާޘިމް އިބްރާހިމް އާއި މިނިސްޓްރީގެ އިސްވެރިންގެ އިތުރުން އެސްޓީއޯ، އާސަންދަ، އެންއެސްޕާ އަދި ރާއްޖެއަށް ބޭސް އެތެރެކުރުމުގެ މަސައްކަތަށް ޚާއްސަކޮށް އުފައްދާފައިވާ ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަންގެ ފަރާތުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މިގޮތުން މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުއްވާފައިވާ ކަންތައްތަކުގެ ތެރޭގައި ކްރިޓިކަލް ބޭހާއި ކޮންސިއުމަބަލްސް އެތެރެކުރުން އަވަސްކުރުމާއި، ޕްރޮސެސްތައް ސްޓްރީމްލައިންކުރުމާއި ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ.

މީގެ އިތުރުން ރާއްޖޭގެ ހޮސްޕިޓަލްތަކާއި ޞިއްޙީމަރުކަޒުތަކަށް ބޭނުންވާ އެހެނިހެން ޞިއްޙީ ސާމާނު މެދުކެނޑުމެއްނެތި ލިބޭނެ އިންތިޒާމް ހަމަޖެއްސުމާއި ގުޅޭގޮތުންވެސް ވަނީ މަޝްވަރާކޮށްފައި އެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC