
ހިންމަފުއްޓާއި ކަނޑޫދޫގެ ސިއްހީ މަރުކަޒު އެކްސްޕެންޝަން މަސައްކަތް އެމްޓީސީސީއަށް!
# ހެލްތު މިނިސްޓްރީ-
ކ.ހިންމަފުއްޓާއި ތ ކަނޑޫދޫގެ ޞިއްޙީމަރުކަޒުގެ އަލަށް އިތުރުކުރެވޭ ޢިމާރާތުގެ މަސައްކަތް އެމްޓީސީސީއާއި ހަވާލުކޮށްފި އެވެ.

މިއަދު ޞިއްޙީ ވުޒާރާގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ހެލްތު އިސްމާޢިލް ޝަރީފް އެވެ. އެމްޓީސީސީގެ ގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ، އަހްމަދު ޝަރީފް އަބްދުއްރަހްމާން ޔޫސުފް އެވެ.
ހިންމަފުއްޓާއި ކަނޑޫދޫގެ ސިއްހީ މަރުކަޒުތަކަށް އެކްސްޕެންޝަން މަޝްރުޢޫގެ ދަށުން ކޮންމެ ސިއްހީ މަރުކަޒެއްގައިވެސް ނާސް ސްޓޭޝަނާއި، 04 އެނދުގެ 02 ވާޑަކާއި، 02 ޕްރައިވެޓް ރޫމް، ޕްރޮސީޖަރ ރޫމްގެ އިތުރުން ލެބޯޓްރީ އަދި ގަރާޖު، ޖެނެރަލް އަދި މެޑިކަލް ސްޓޯ ރޫމްސް އާއި އެކްސްރޭ ރޫމް އަދި ލޯންޑްރީ ރޫމް ޤާއިމުކުރެވިގެންދާނެ ކަމަށް ހެލްތު މިނިސްޓްރީން މައުލޫމާތު ދެއެވެ.
ޖުމްލު 360 ދުވަސް ތެރޭގައި ނިންމުމަށް ހަވާލުކުރެވުނު ހިންމަފުށީ މަޝްރުޢޫގެ އަގަކީ 11.2 މިލިއަން ރުފިޔާ އެވެ.
އަދި ޖުމްލު 390 ދުވަސް ތެރޭގައި ނިންމުމަށް ހަވާލުކުރެވުނު ކަނޑޫދޫ މަޝްރުޢޫގެ އަގަކީ 21.8 މިލިއަން ރުފިޔާ އެވެ.
ގުޅުންހުރި

ހޯޑެއްދޫ ޞިއްޙީމަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް އާރްޑީސީއާއި ހަވާލުކޮށްފި

ހިންމަފުއްޓާއި ކަނޑޫދޫގެ ސިއްހީ މަރުކަޒު އެކްސްޕެންޝަން މަސައްކަތް އެމްޓީސީސީއަށް!

ހަނގުރާމައާއި ގުޅިގެން ޞިއްޙީ ދާއިރާއިން ދެމުންދާ ޚިދުމަތްތައް މެދުނުކެނޑި ރައްޔިތުންނަށް ލިބޭނެ އިންތިޒާމް ހަމަޖެއްސުމާއި ގުޅޭގޮތުން މަޝްވަރާކޮށްފި

.gif&w=3840&q=75)



